މަޖިލީހުގެ ޖަލްސާއެއް
މަޖިލީހުގެ ޖަލްސާއެއް
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރުކަމަށް ދެ ބޭފުޅަކު ޢައްޔަނު ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ނަން ހުށައަޅުއްވައިފިއެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީގައި ވަނީ އެޗްއާރްސީއެމްގެ މެންބަރު ކަމަށް އިއުލާނު ކުރުމުން އިޖާބަ ދެއްވި ބޭފުޅުންގެ ތެރެއިން ރައީސަށް ފެނިވަޑައިގަންނަވާ ދެ ބޭފުޅެއްގެ ނަން ހުށަހަޅުއްވާފައެވެ.

އެގޮތުން ރައީސް ހުށަހެޅުއްވީ، މުހައްމަދު ފާރިސް ޠާހާ، ހ. ސޯސަން އާއި، މުހައްމަދު ޝަފީގު މަހްމޫދު، މ. ޕޮޕީއެވެ. މިއަދުގެ ޖަލްސާގައި މިނަންތައް ދިރާސާކުރަން ފޮނުވާފައިވަނީ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށެވެ.

އެޗްއާރްސީއެމްގެ ދެ މެންބަރެއްގ ދައުރު ހަމަވާތީ ކޮމިޝަންގެ މެންބަރު ކަމަށް ހުޅުވާލީ މިދިޔަ ޖުލައި މަހު ތެރޭގައެވެ.

ކޮމިޝަންގައި މިހާރު ތިއްބެވި ބޭފުޅުންގެ ތެރެއިން ދައުރު ހަމަވަނީ ކޮމިޝަންގެ ނައިބް ރައީސް މޫމިނާ ވަހީދާއި، މެންބަރު އާމިނަތު ޝިފާތު އަބްދުލްރައްޒާގު އެވެ. އެ ދެ މެންބަރުންގެ ދައުރު ހަމަވާނީ އަންނަ ސެޕްޓެމްބަރު އަށް ވަނަ ދުވަހަށެވެ.



ކިޔުންތެރިންގެ ހިޔާލު