ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، ހަތަރު ދުވަހުގެ ތެރޭގައި ބ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފަށައިފިއެވެ.
މި ހިދުމަތް ބ. އަތޮޅުގެ ހުރިހާ ރަށަކަށް ދޭން ފަށާފައިމިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މި މަހުގެ 11 އިން 14 އަށް ބ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިންނެވެ.
ބ. އަތޮޅުގެ ރަށްރަށުގައި އޭޓީއެމްގެ ޚިދުމަތްތައް ރަސްމީކޮށް ފައްޓަވައި ދެއްވުމުގެ ގޮތުން، އޭޓީއެމްއިން ފައިސާ ނެންގެވުމަށްފަހު ރައީސް ޑރ. މުޢިއްޒު ވަނީ އެ ރަށްރަށުގެ ކައުންސިލްތަކާއި ރަމްޒީ ކާޑެއް ހަވާލުކޮށް ދެއްވާފައެވެ. ބ. އަތޮޅުގެ ރަށްރަށުގައި އޭޓީއެމްގެ ޚިދުމަތް ފެށުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން އެއަތޮޅުގެ 10 ރަށެއްގައި އޭޓީއެމް ޚިދުމަތް މިހާރު ވަނީ ފަށާފައެވެ.
ބީއެމްއެލުން ބުނީ، މިވަގުތު އިތުރު 5 އަތޮޅެއްގެ 23 ރަށެއްގައި އޭޓީއެމް ޚިދުމަތް ފެށުމަށް ތައްޔާރުވެފައިވާ ކަމަށެވެ. އަދި ބާކީ 7 އަތޮޅުގެ 33 ރަށުގައި ކުރިއަށް އޮތް ދެތިން މަސް ދުވަހުގެ ތެރޭގައި އޭޓީޢެމް ޚިދުމަތް ޤާއިމްކުރެވޭނެ ކަމަށް ބީއެމްއެލުން ހާމަކޮށްފައިވެއެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ދިނުމަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫޢުގެ ދަށުން މިހާތަނަށް ހއ. އަތޮޅާއި ދ. އަތޮޅާއި ނ. އަތޮޅާއި މ. އަތޮޅާއި، ކ. އަތޮޅާއި ށ. އަތޮޅާއި ބ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިހާރު ވަނީ އޭޓީއެމް ޚިދުމަތް ދޭން ފަށާފައެވެ. އެގޮތުން މިމަޝްރޫޢުގެ ދަށުން މިއަހަރު މިހާތަނަށް 47 ރަށުގައި އޭޓީއެމް ބަހައްޓައި ޚިދުމަތް ދޭން ފަށާފައިވެއެވެ.
މިއީ އަސާސީ ބޭންކިންގެ ހުރިހާ ޚިދުމަތެއް ދެވޭ 24 ގަޑިިއިރު ފައިސާ ޖަމާކޮށް ފައިސާ ނެގޭ އޭޓީއެމް ތަކެކެވެ. އަދި އޭޓީއެމްތަކުން، ލޯނުތަކަށް ފައިސާ ދައްކައި، ކްރެޑިޓް ކާޑަށްވެސް ފައިސާ ދެއްކޭނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް އިން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު