ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ 44 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން، އާއިލާތަކަށާއި ޒުވާނުންނަށް ހާއްސަކޮށްގެން ބާއްވާ ފޯރިގަދަ "ކާނިވާ 44" މާދަމާ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ފެށުމަށް ތައްޔާރުވެއްޖެއެވެ.
މި ނޮވެންބަރު މަހުގެ 11 އިން 14 އަށް، ޖުމްލަ ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ކާނިވަލުގެ މައިގަނޑު މަގުސަދަކީ ކަސްޓަމަރުންނާއި އާންމު ރައްޔިތުންނާ އޮތް ގުޅުން އިތުރަށް ބަދަހިކޮށް، އާއިލީ އުފާވެރި މާހައުލެއްގައި މުނިފޫހިފިލުވުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ. އެގޮތުން، މި ހަރަކާތް ކޮންމެ ދުވަހެއްގެ ވެސް ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 12:00 އަށް އާންމުންނަށް ހުޅުވާލެވިފައި ހުންނާނެއެވެ.

މިދިޔަ އަހަރު އައްޑޫ ސިޓީގައި ބީއެމްއެލް އިން ބޭއްވި ކާނިވާ، ފޮޓޯ: ބީއެމްއެލް
މި ކާނިވަލުގައި އެކި އުމުރުފުރާތަކާ ގުޅޭ ގިނަ ކުޅިވަރުތަކާއި ހަރަކާތްތަކުގެ އިތުރުން، އެކި ވައްތަރުގެ މީރު ކާބޯތަކެއްޗާއި ތަފާތު މުދާ ވިއްކުމަށް ގިނަ އަދަދެއްގެ ވިޔަފާރި ސްޓޯލްތައް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.
މި އަހަރުގެ ކާނިވަލުގައި އާންމުންގެ އެންމެ ބޮޑު ސަމާލުކަމެއް ލިބިގެންދާނެ އެއް ކަމަކީ 'ސްވައިޕް ވޮލެޓް' ބޭނުންކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ކުރިއަށްގެންދާ އަގުހުރި ޕްރޮމޯޝަނެވެ. މި ޕްރޮމޯޝަނުގެ ދަށުން، ކާނިވާގެ ސްޓޯލްތަކުން ވިޔަފާރިކުރުމަށްފަހު ބީއެމްއެލްގެ ސްވައިޕް މެދުވެރިކޮށް ފައިސާ ދައްކާ ކޮންމެ ފަހަރަކު، ހާއްސަ ގުރުއަތުލުމެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މި ގުރުއަތުން ހޮވޭ ނަސީބުވެރިންނަށް އަގުހުރި ބޮޑެތި އިނާމުތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި 5 މެކްބުކް ނިއޯ އަދި 2 ބެޓެރި ސައިކަލު ހިމެނެއެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ ނޮވެންބަރު 11 ވާ ހޯމަ ދުވަހުގެ ހަވީރު 4:00 އިން ފެށިގެން ނޮވެންބަރު 14 ވާ ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:00 އާ ހަމައަށެވެ.
ބީއެމްއެލް އިން ބުނި ގޮތުގައި، މި ކާނިވަލަކީ އެ ބޭންކުގެ ދިގު މާޒީގައި ކަސްޓަމަރުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމާއި އިތުބާރު ފާހަގަކޮށް، އުފާވެރި މާހައުލެއްގައި އަގުހުރި އިނާމުތަކާ އެކު އެކަން ފާހަގަކުރުމަށް ހުޅުވާލެވޭ ރަނުގެ ފުރުސަތެކެވެ.

ކިޔުންތެރިންގެ ހިޔާލު