ވައިކަރަދޫ ސްކޭޓް ޕާކުގެ މަސައްކަތް، ފޮޓޯ: އެމްޓީސީސީ
ވައިކަރަދޫ ސްކޭޓް ޕާކުގެ މަސައްކަތް، ފޮޓޯ: އެމްޓީސީސީ
ހދ. ވައިކަރަދޫގައި ތަރައްޤީކުރާ ސްކޭޓް ޕާކުގެ ކޮންކްރީޓް އެޅުމާއި، ޝަޓަރިން އަދި ދަގަނޑު ބެންޑުކުރުމުގެ މުހިންމު މަސައްކަތްތައް މިހާރު ބާރުމިނުގައި ކުރިއަށްދާ ކަމަށް އެ މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތުން ހާމަވެއްޖެއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ އަމަލީ މަސައްކަތް އަލުން ފަށައި، ސައިޓުގައި މިހާރު ދަނީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. އެގޮތުން ސްޓްރަކްޗަރަލް ގްރައުންޑްވޯކްސް އަދި ތަނބުތަކުގެ ޝަޓަރިންގ ތައްޔާރުކުރުމުގެ މަސައްކަތްތައް އެމްޓީސީސީން ވަނީ ނިންމާލާފައެވެ.

މިއީ ޒުވާނުން ބާރުވެރިކުރުވުމަށާއި ކުޅިވަރުގެ ދާއިރާ ކުރިއެރުވުމުގެ ސިޔާސަތުގެ ދަށުން ވައިކަރަދޫގައި ސަރުކާރުން ގާއިމް ކުރާ ސްކޭޓު ޕާކެކެވެ.

ވައިކަރަދޫގައި ޤާއިމުކުރާ މި ސްކޭޓް ޕާކަކީ ގދ. ވާދޫ އަދި ކ. މާފުށި ފަދަ ރަށްރަށުގައި ޤާއިމުކޮށްފައިވާ ފަދަ، ޒަމާނީ ފެންވަރުގެ ކޮންކްރީޓް ރެކްރިއޭޝަނަލް ފެސިލިޓީއެކެވެ. މިއީ އެ ރަށުގެ ޒުވާނުންނަށް ހުސްވަގުތު ހޭދަކުރުމަށާއި، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށްޓަކައި އެޅޭ ވަރަށް މުހިންމު ބިނާއެކެވެ.



ކިޔުންތެރިންގެ ހިޔާލު