ލ. ލިންކް ރޯޑް
ލ. ލިންކް ރޯޑް
ލ. ކައްދޫގައި ރޭ ހިނގި އެކްސިޑެންޓެއްގައި އަނިޔާވި އުމުރުން ދުވަސްވީ ދިވެހި އަންހެނަކު ނިޔާވެއްޖެއެވެ.

ދިވެހި ފުލުހުން ބުނީ ރޭ 19:18 ހާއިރު ލ. ފޮނަދޫން ގަމަށް ދަތުރު ކުރި ސައިކަލެއް ކައްދޫ އެއާޕޯޓަށް ދާން މަގު ހުރަސް ކުރި ދެ މީހެއްގެ ގައިގައި ޖެހި އެކްސިޑެންޓްވި މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަަމަށެވެ.

މި އެކްސިޑެންޓްގައި ޒިބްރާ ކްރޮސް މަތިން ހުރަސް ކުރި ދެ އަންހެނުންނާއި ސައިކަލުގައި ތިބި ދެ މީހުންނަށް އަނިޔާވެގެން ލ. ގަން ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް އަނިޔާވި 64 އަހަރުގެ އަންހެން މީހާ ނިޔާވެފައިވާ ކަަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

އެކްސިޑެންޓްގައި ނިޔާވެފައިވަނީ ލ. މާވަށު، މަރިޔަމް މޫސާ އެވެ. ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކައްދޫގައި ހިނގި އެކްސިޑެންޓެއްގައި މީހަކު ނިޔާވެފައިވާއިރު، މިދިޔަ މަހުގެ ހަ ވަނަ ދުވަހު ހެނދުނު ލ. ފޮނަދޫން ގަމަށް ދަތުރުކުރި ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް ހޮޅިދަނޑިއެއްގައި ޖެހިގެން ހިނގި އެކްސިޑެންޓެއްގައި އަނިޔާވި 19 އަހަރުގެ އަންހެން ކުއްޖަކު ވަނީ ނިޔާވެފައެވެ.



ކިޔުންތެރިންގެ ހިޔާލު