ހިޔުމަން ރައިޓްސް ކޮމިޝަނަށް މެންބަރުން ޢައްޔަން ކުރުމަށް އިންޓަވިއުކުރުން
ހިޔުމަން ރައިޓްސް ކޮމިޝަނަށް މެންބަރުން ޢައްޔަން ކުރުމަށް އިންޓަވިއުކުރުން
ހިއުމަން ރައިޓްސް ކޮމިޝަނަށް މުހައްމަދު ފާރިސް ޠާހާ އައްޔަނުކުރަން ނުފެންނަކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ފާސްކޮށްފިއެވެ.

އެޗްއާރުސީއެމްގެ ހުސްވެފައިވާ ދެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން މަޖިލީހުގެ ރުހުން ހޯދުމަށް ރައީސް ފޮނުއްވީ ޠާހާގެ އިތުރުން މުހައްމަދު ޝަފީގު މަހްމޫދުގެ ނަމެވެ. އަދި އެ ދެ ބޭފުޅުންނާ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން ރޭ ވަނީ އިންޓަވިއުކޮށްފައެވެ.

އިންޓަވިއުގައި ޠާހާގެ ގެވެށި އަނިޔާގެ މައްސަލައެއް އޮތްކަމަށް ކޮމިޓީއަށް ޝަކުވާއެއް ލިބިފައިވާ ކަމަށް ބައެއް މެންބަރުން ވިދާޅުވުމުން ޠާހާ ވިދާޅުވީ، އޭނާއަށް އެފަދަ ތުހުމަތެއް އޮތްކަން އެނގިފައި ނުވާ ކަމަށާއި، އެފަދަ ކަމެއްގައި ސުވާލު ކުރުމަށް އެއްވެސް އިދާރާއަކަށް ހާޒިރުކޮށްފައި ނުވާކަމަށެވެ. އަދި އޭނާގެ ކައިވެނި ރޫޅުނީ ގެވެށި އަނިޔާއާ ހެދި ކަމަށް ބުނާ އަޑުތަކެއް އިވުނު ނަމަވެސް، އެފަދަ ކަމެއް ހިނގާފައިނުވާ ކަމަށާއި، އެ އާއިލާއާ މިހާރު ގުޅުން ރަނގަޅުކަން ޠާހާ ފާހަގަ ކުރެއްވިއެވެ.

ކޮމެޓީން ދެ ބޭފުޅުންނާއި އިންޓަވިއުއަށް ފަހު 75 ޕަސެންޓަށް ވުރެ މަތިން މާކްސް ދީފައިވަނީ ޝަފީގަށް އެކަންޏެވެ. އެހެންވެ ކޮމިޝަނަށް އައްޔަން ކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވަން ކޮމިޓީން ފާސްކުރީ ޝަފީގުގެ ނަން އެކަންޏެވެ.

ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ އެޗްއާރުސީއެމްގައި މިވަގުތު ތިއްބެވީ 3 މެންބަރުންނެވެ.



ކިޔުންތެރިންގެ ހިޔާލު