އއ. މާފަރުފަޅު ފެރިދޫގެ ބައެއްގެ ގޮތުގައި ހަމަޖައްސަވާނެ ކަަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ އއ. ގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެެރެއިން ފެރިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި މިއަދު ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ މާފަރުފަޅު ފެރިދޫގެ ބައެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވާނެ ކަމަށާއި މާފަރުފަޅު ތަރައްގީ ކުރާނީ ލޯކަލް ޓޫރިޒަމާއި، ރައްޔިތުންގެ ބޭނުންތަކަށް ބޭނުންކުރެވޭނެ ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ކަމަށެވެ.
ރައީސް ވަނީ ރައްޔިތުން އެދޭގޮތަށް އެކަން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ވިދާޅުވީ ވަރަށް އަވަހަށް ލިޔެކިޔުމުން އެކަން ނިންމަވާނެ ކަމަށެވެ.
ލާމަރުކަޒީ ނިޒާމު ބާރުވެރިކުރުވުމަށް ރައީސް ގެންދަވަނީ ރަށްރަށުގެ އިހުތިސާސްއާ ކައިރީ ހުންނަ ފަޅު ރަށްތައް ކައުންސިލްތަކަށް އާމްދަނީ ލިބޭގޮތަށް ދެއްވަމުންނެވެ.
ފެރިދޫގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ވަރަށް ބޮޑަށް އެނގިވަޑައިގެންފައިވާކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ ރައްޔިތުންނާ ގާތަށް އެމަނިކުފާނު ވަޑައިގަންނަވަނީ ވެސް ރައްޔިތުން ބޭނުންވާގޮތަށް ކަންކަން ކުރުމަށްކަމަށެވެ. އަދި ސަރުކާރު އަބަދުވެސް އޮންނާނީ ރައްޔިތުންގެ ފަޅީގައިކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު