ބ. ގޮއިދޫ ފަޅު ހިއްކައިގެން ރިސޯޓެއް ހެދުމާއި ދެކޮޅުކަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ހާމަކުރައްވައިފިއެވެ.
ގޮއިދޫ ފަޅުގައި ރިސޯޓެއް ހެދުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެހެންކަމުން އެކަމުގެ މަސައްކަތުގެ އަދާހަމަ ހާމަކުރައްވަމުން ގޮއިދޫ ފަޅުގައި ރިސޯޓެއް ތަރައްގީ ކުރުމުގެ ބިޑް އެވޯޑުކޮށްފައިވާ ކަމަށާއި މި މަސް ނިމުމުގެ ކުރިން އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންކަން ހަމަޖެހިގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދާދިފަހުން ވަނީ ވިދާޅުވެފައެވެ.
އެއާ ގުޅިގެން އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ގޮއިދޫ އަތޮޅު އެތެރެވަރި ހިއްކައިގެން ރިސޯޓް ހެދުމަށް ވުރެ، އެތަން އެ އޮތްގޮތަށް ބާއްވައި ބެލެހެއްޓުމުން އަތޮޅަށް ލިބޭނެ ތަނަވަސްކަމާއި ފައިދާ މާބޮޑުވާނެ ކަމަށެވެ. އަދި ރިސޯޓަށް ވުރެ ގެސްޓްހައުސް ވިޔަފާރިން ރަށަށް ވަންނަ ފައިސާ އާއި މަންފާ މާ އިތުރުވާނެކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ނަޝީދު ވަނީ އެ ސަރަހައްދުގައި ކޮންމެހެން ރިސޯޓެއް ތަރައްގީކުރަން ވެއްޖެނަމަ، ގޮއިފުޅަ ފެހެންދޫ އިން ކޮންމެވެސް އެއް ރަށެއްގެ އެއްބައިގައި ރިސޯޓެއް ތަރައްގީ ކުރެވިދާނެ ކަމަށް ފެނިވަޑައިގަންނަވާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު