ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ، މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސް ބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އެމްއެންޑީއެފުން މިއަދު ބުނީ އެ މަސްބޯޓު އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި ބޯޓު ހިފެހެއްޓިއިރު ބޯޓުގައި ހަ މީހުން ތިބި ކަމަށެވެ.
އެ ބޯޓު އަތުލައިގަތީ ކ. ދިއްފުއްޓާ ދިމާ އިރުމަތިން ކަމަށާއި، އެއީ ސްރީ ލަންކާގެ މަސް ބޯޓެއް ކަމަށްވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.
އޭގެއިތުރުން އެމްއެންޑީއެފުން ބުނީ، މި މައްސަލަ އިތުރަށް ތަހުގީގުކުރުމަށް އެބޯޓު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު