އަމިއްލަ ދަތުރެއްގެ ހަރަދުތައް ހަމަޖައްސަން ދައުލަތުގެ ފައިސާ ބޭނުންކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރަމަސިންހަ ހައްޔަރުކޮށްފި އެވެ.
ލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރަމަސިންގެ ހައްޔަރުކުރީ ކޮލަމްބޯގައި ހުންނަ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓަށް ސުވާލުކުރުމަށް ހާޒިރު ކުރުމަށްފަހުއެވެ. ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރިކަމުގެ ތުހުމަތު ކުރެވޭ ދަތުރެއްގައި އޭނާ ވަޑައިގެންނެވީ އިނގިރޭސިވިލާތުގެ ލަންޑަނުގައި ބޭއްވި ޔުނިވަރސިޓީއެއްގެ ދަސްވެނިވުމުގެ ރަސްމިއްޔާތަކަށެވެ. މި މައްސަލަ ތަޙްޤީޤުކުރަމުންދާ ފަރާތްތަކާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި ރަނިލް ލަންޑަނަށް ވަޑައިގެންނެވީ އެހެނިހެން ޤައުމުތަކަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގެ ތެރެއިންނެވެ.
ރަނިލް ވިކްރަމަސިންގެއަކީ ސްރީލަންކާގެ ސިޔާސީ މަޝްރަޙުގައި ވަރަށް ނުފޫޒު ގަދަ ޝަޚްޞިއްޔަތެކެވެ. އޭނާ ވަނީ އެ ޤައުމުގެ ބޮޑުވަޒީރުކަމުގެ މަޤާމު ފަސް ފަހަރެއްގެ މަތިން ފުރުއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު