ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިއްބެވި ޕީއެންސީ މެމްބަރުންނަކީ ރައީސް ޔާމީންގެ ތާޢީދާއެކު އިންތިޚާބުވެވަޑައިގެންފައި ތިއްބެވި މެމްބަރުން ނޫންކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު މިހެން ވިދާޅުވީ ޕީއެންއެފުން ރޭ ކުރިއަށްގެންދިޔަ ޖަލްސާގައި މިހާރު މަޖިލީހުގައި ތިއްބެވި މެމްބަރުންނަށް ރައްދުކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަރަށް ބޮޑަށް ފާޑުވިދާޅުވުމާއި ގުޅިގެންނެވެ.
އެގޮތުން ޔާމީން ވިދާޅުވީ ކުކުޅު ކޮއްޓަށް އަޅާ ކާނާ އާއި ޕީއެންސީގެ މެމްބަރުންނާ އެއްވެސް ތަފާތެއް ނެތް ކަމަށާއި އެ މެމްބަރުން ކުރާ ކަމަކީ އިންސާނީ ކަރާމާތް ޑީގްރޭޑު ކޮށްލުން ކަމަށެވެ. އަދި އެ މެމްބަރުން ތިއްބެވީ އެ ބޭފުޅުންގެ ނަފުސާއި ރައްޔިތުން ވެސް ފައިސާއަށް ވިއްކާލައިގެން ކަމަށް ޔާމީން ތުހުމަތުކުރެއްވިއެވެ.
މިވާހަކަތަކަށް ރައްދު ދެއްވަމުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޝުޖާއު ވިދާޅުވީ، ޕީއެންސީގެ މެމްބަރުންގެ ނަފްސުގެ އިއްޒަތާއި އިތުބާރާއި ކަރާމާތްތެރިކަން ނޫނީ ޝަރަފަކީ ރައީސް ޔާމީން ދެއްވާ އެއްޗަކަށްވާނަމަ އޭގެ އެއްވެސް ކަމެއް ޕީއެންސީގެ ޕީޖީ ގުރޫޕުގެ އެއްވެސް ބޭފުޅަކު ބޭނުން ނުވާނެ ކަމަށެވެ.
ޝުޖާއު ވިދާޅުވީ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ސިފައިން ލައްވާ މަޖިލީހުގެ ގޯތި ފާރުމަތިން ނަގާ ހޫރުވާލި ވެރިއަކަށް އެ މުއައްސަސާގެ ކަރާމާތެއް އެނގިވަޑައިނުގަންނަވާނެ ކަމަށެވެ.
"މަޖިލީހުގައި ތިއްބެވި ޕީއެންސީގެ މެމްބަރުންނަކީ ރައީސް ޔާމީންގެ ތާއީދާއިއެކު އިންތިހާބުވެފައިވާ މެމްބަރުންނެއް ނޫން،" ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު އިތުރަށް ވިދާޅުވީ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަކީ ރައީސް ޔާމީން ބޭނުންވާ ގޮތައް ބޯނުލަނބާ މެމްބަރުންނަމަ އެއީ މުޑުދާރު ބައެއް ކަމަށް ސިފަކުރުމަކީ ތާހިރު ސިފައެއް ނޫންކަމަށެވެ.

PNC ގެ މަޖިލިސް މެމްބަރުންގެ ނަފްސުގެ އިއްޒަތާއި،އިތުބާރާއި،ކަރާމާތާއި،ޝަރަފަކީ ރައީސް ޔާމީން ދެއްވާ އެއްޗެއް ނަމަ،އެއިން އެއްވެސް އެއްޗެއް އަޅުގަނޑުމެން ބޭނުމެއް ނޫން.ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ސިފައިން ލައްވާ މަޖިލީހުގެ ގޯތި ފޫޓުފާރު މަތިން ނަގާ ހޫތުވާލި ވެރިއަކަށް…
— Ibrahim Shujau (@IbrahimShujaau) August 22, 2025
"މަޖިލީހުގައި ތިއްބެވި ޕީއެންސީގެ މެމްބަރުންނަކީ ރައީސް ޔާމީންގެ ތާއީދާއިއެކު އިންތިހާބުވެފައިވާ މެމްބަރުންނެއް ނޫން،" ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު އިތުރަށް ވިދާޅުވީ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަކީ ރައީސް ޔާމީން ބޭނުންވާ ގޮތައް ބޯނުލަނބާ މެމްބަރުންނަމަ އެއީ މުޑުދާރު ބައެއް ކަމަށް ސިފަކުރުމަކީ ތާހިރު ސިފައެއް ނޫންކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު