ހުޅުމާލެ ފޭސް 3 ގެ ބިން ހިއްކުން-
ހުޅުމާލެ ފޭސް 3 ގެ ބިން ހިއްކުން-
މާލެ ސަރަހައްދުގެ ބިން ހިއްކުމުގެ މަޝްރޫއުތައް ހަލުވި ކުރުމަށްޓަކައި އިތުރު ޑްރެޖަރުތަކެއް ބޭނުން ކުރަން ނިންމާފައިވާކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެޗްޑީސީން ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ މުހިއްމު ރިޔާސީ އެއް ވައުދު ކަމަށްވާ، ބޯހިޔާވަހިކަމުގެ މައްސަލަ އަށް ދާއިމީ ހައްލެއް ހޯދައިދޭން، މާލެ ސަރަހައްދުގައި ހުޅުމާލެ 3 އާއި ގުޅިފަޅާއި ގިރާވަރުފަޅު އަދި އުތުރުތިލަފަޅު ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން މި މަޝްރޫއުތަކަށް އަންނަ އޮކްޓޯބަރު މަހުތެރޭގައި 45،000 ޓަނުގެ ދެ ހޮޕާ ޑްރެޖަރާއި 11،000 ޓަނުގެ ހޮޕާ ޑްރެޖަރެއް ބޭނުން ކުރަން ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

މި މަސައްކަތް ހުއްޓުމެއް ނެތި ވީހާ ވެސް ހަލުވިކަމާ އެކު ކުރިއަށް ގެންދިޔުމަށް ކުރިމަތިވެދާނެ ގޮންޖެހުންތައް ދެނެގަނެ އެކަންކަން ހައްލުކުރުމަށްޓަކައި ކަމާ ބެހޭ ފަރާތްތަކާ އެކު މަސައްކަތް ކުރަމުންދާ ކަމަށްވެސް އެޗްޑީސީން ވަނީ ބުނެފައެވެ.

އެޗްޑީސީން އަންނަނީ ހުޅުމާލެ ފޭސް 3، ގުޅިފަޅު، ގިރާވަރު ފަޅު އަދި އުތުރުތިލަފަޅުގެ އިތުރުން ރަސްމާލެ ހިއްކުމުގެ މަސައްކަތްވެސް ކުރަމުންނެވެ. ރަސްމާލެ ތަރައްގީ ކުރަން ފުށިދިއްގަރުފަޅުން ހިއްކާ ބިމަކީ މިހާތަނަށް މާލެ ސަރަހައްދުގައި ހިއްކާ އެންމެ ބޮޑު ބިމެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް