ރަސް އޮންލައިންގެ ޚިދުމަތްތެރިޔާ މަރުޙޫމް ދޮންއަންނާރު އިއްބެގެ ޖަނާޒާ މިއަދު ހަވީރު ލަންކާގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ.
އިބްރާހިމް ރަޝީދު ނިޔާވީ ސްޓޯކެއް ޖެހިގެން ފަރުވާދެމުން ދަނިކޮށް އިއްޔެ މެންދުރު ފަހުގެ ވަގުތެއްގައެވެ. އަވަށްޓެރި ލަންކާގައި ޢާއިލާއާއެކު ދިރިއުޅުއްވަމުން ގެންދެވި އިއްބެގެ މައްޗަށް ކަށުނަމާދު ކުރުމަށް ހަމަޖެހިފައިވަނީ މިއަދުގެ ޢަސުރު ނަމާދަށްފަހު ލަންކާގެ ޖާވަތާ ޖުމްމަ މަސްޖިދުގައެވެ.
އިއްބެއަކީ ރާއްޖޭގެ ސިޔާސީ އިސްލާޙީ މަސައްކަތުގައިވެސް އިސްކޮށް ޙަރަކާތްތެރިވަމުން ގެންދެވި ބޭފުޅެކެވެ. އިއްބެ ނިޔާވުމާ ގުޅިގެން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެފައިވަނީ، އިއްބެ އަކީ ސިޔާސީ އިސްލާހީ މަސައްކަތުގެ ބައިވެރިއެއް ކަމަށާއި، އޭނާ އަކީ އެ މަސައްކަތުގައި ރައީސް ނަޝީދަށް ނުހަނު ހިތްވަރުދެއްވި ބޭފުޅެއް ކަމަށެވެ.
އޭގެއިތުރުން އިއްބެއަކީ ރަސްއޮންލައިންގެ މީސްމީޑިއާ ހިންގެވުމުގައި ވަރަށް އިސްކޮށް ޙަރަކާތްތެރިވަމުން ގެންދެވި ބޭފުޅެކެވެ.
މި ހިތާވެރި ދަނޑިވަޅުގައި ރަސްއޮންލައިންގެ މެނޭޖްމަންޓާއި މުޅި ޓީމްގެ ނަމުގައި އިބްރާހިމް ރަޝީދުގެ ޢާއިލާއަށް ތަޢުޒިޔާ ރައްދުކުރަމެވެ. އަދި ލަންކާގައި ދިރިއުޅުއްވާ ވީހާވެސް ގިނަ ދިވެހިން އިއްބެގެ ޖަނާޒާގައި ބައިވެރިވުމަކީ ރަސް ޓީމުގެ ވަރަށް ބޮޑު އެދުމެކެވެ.

ކިޔުންތެރިންގެ ހިޔާލު