މާޅޮހު އަބްދުއްރަޙްމާން މަރާލި މައްސަލާގައި ހައްޔަރުކުރި އާޝިދުގެ ބަންދަށް 30 ދުވަސް ޖަހައިފިއެވެ.
މިއަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި އއ މާޅޮސް އޯކިޑުމާގޭ އަބްދުއްރަޙުމާން އާދަމް (65އ) މަރާލިކަމުގެ ތުހުމަތުގައި ފުލުހުން 3 މީހަކު ހައްޔަރު ކޮށްފައިވެއެވެ.
އޭގެތެރެއިން މުހައްމަދު ވިޝާމް، ލިލީފެހި، އއ. މާޅޮސް (22އަހަރު) އާއި، އަހުމަދު ފާރިސް، ފިނިވާގެ، އއ. މާޅޮސް (27އަހަރު) ޝަރީޢަތް ނިމެންދެން ވަނީ ބަންދުކޮށްފައެވެ. އަދި އަހުމަދު އާޝިދު، ފިޔަ، އއ. މާޅޮސް (27އަހަރު)ގެ ބަންދަށް ފުރަތަމަ ދީފައިވާ 5 ދުވަސް ހަމަވުމުން މިހާރު މުއްދަތު ވަނީ އިތުރު 30 ދުވަހަށް އިތުރު ކޮށްފައެވެ.
މިމައްސަލައިގައި ހައްޔަރުކުރީ ވިސާމަކީ ސިޔާސީ މަގާމެއްކަމަށްވާ ޔޫތު އެސޯސިއޭޓްގެ މަގާމުގައި ހުރި ޒުވާނެކެވެ. އަދި، ފާރިސަކީ އެ ރަށު ސްޓެލްކޯގައި މަސައްކަތްކުރާ ޒުވާނެކެވެ. އާޝިދަކީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ ވަޒީފާއެއްގައި އުޅޭ ޒުވާނެއް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އަބްދުއްރަހްމާންގެ ބޮލަށް ދިން ހަމަލާތަކުގެ ސަބަބުން ބޮލަށް ބޮޑެތި ޒަޚަމްތަކެއް ލިބިފައިވާއިރު، އޭނާ މަރަށް ތެޅެނިކޮށް ފެނިފައި ވަނީ އޭނާގެ އަންހެނުންނަށެވެ. އޭނާއަށް ފަރުވާ ދިނުމަށް ސިއްހީ މަރުކަޒަށް ގެންދިޔަކަމަށް ފުލުހުންނަށް ރިޕޯޓުކުރީ މިދިޔަ ޖުލައިމަހުގެ 13 ވަނަ ދުވަހުގެ ރޭ ދުވަހުގެ ދަންވަރު 01:50 ހާއިރުއެވެ. އަދި އޭނާއަށް ފަރުވާދެމުން ދަނިކޮށް ނިޔާވީ ފަތިހުގެ ވަގުތެއްގައެވެ. އޭނާގެ ތިން ދަރިން ތިބި ނަމަވެސް ޙާދިސާ ހިނގިއިރު އެއްވެސް ދަރިއަކު ރަށުގައި ނެތެވެ.
އަބްދުއްރަހްމާންގެ ހަށިގަނޑުގެ އޮޓޮޕްސީ ހެދުމަށްފަހު ފުލުހުން ބުނެފައިވަނީ، އޮޓޮޕްސީ ވަގުތީ ރިޕޯޓުން ވެސް އޭނާ ނިޔާވީ ބޮލަށް ދީފައިވާ އަނިޔާގެ ސަބަބުން ކަމަށް ދައްކާ ކަމަށެވެ. މި މަރާއި ގުޅިގެން އޮގަސްޓް މަހުގެ ނުވަ ވަނަ ދުވަހުގެ ރޭ އެކަކަށް ވުރެ ގިނަ މީހުންގެ ފޯނު އަތުލައި އެރަށުގެ ބައެއް ގެތައް ބަލާ ފާސްކޮށްފައިވެއެވެ. މި މައްސަލައާ ގުޅިގެން އަބްދުއްރަޙްމާންގެ އަންހެނުން ނާޒިމާގެ ފޯނު ފުލުހުން ހިފެހެއްޓިއެވެ. ނަމަވެސް އާއިލާ އެހެން މީހެއްގެ ފޯނު ފުލުހުން ހޯދާފައެއް ނުވެއެވެ.
މިމައްސަލައިގެ ތަހުގީގުގައި ފުލުހުން ވަނީ، މާޅޮހު އަތިރިމައްޗާއި ގޮނޑުދޮށް އަދި ރަށުގެ ފަޅުތެރެއިން ބައެއް ބަލައި ފާސްކޮށްފައެވެ. އެއީ އަބްދުއްރަހުމާނަށް ހަމަލާދޭން ބޭނުންކުރި އެތި ނުވަތަ ތަކެތި ހޯދަން ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ.
މީގެ އިތުރުން ފުލުހުން ވަނީ އެރަށުގައި ހުންނަ ދެ ސީސީޓީވީ ކެެމާރާއެއްގެ ފޫޓޭޖުވެސް ހޯދާފައެވެ. އަދި އަބްދުއްރަހުމާން ޒަހަމްވެފައި ވަނިކޮށް އެތަނުގެ ތެރެއަށް ވަދެއުޅުނު މީހުންގެ ބޮޑީ ސާމްޕަލާއި ފިންގަރ ޕްރިންޓްވެސް ފުލުހުން ވަނީ ނަގާފައެވެ.

ކިޔުންތެރިންގެ ހިޔާލު