ސަރުކާރުން ފަހަތުގައި އޮވެގެން މީޑިއާ ކޮންޓްރޯލް ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާ ދެކޮޅަށް އިޙްތިޖާޖް ކުރަމުންދާ އިސް ނޫސްވެރިންނާ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލު ކުރައްވަން ނިންމައިފިއެވެ.
ރައީސް މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވާއިރު އިއްޔެއިން ފެށިގެން ނޫސްވެރިން ދަނީ މީޑިއާ ކޮންޓްރޯލް ބިލާ ދެކޮޅަށް ރައީސް އޮފީސް ކުރިމަތީގައި އިޙްތިޖާޖް ކުރަމުންނެވެ. އަދި އިއްޔެ ފުލުހުން ވަނީ އެ އިޙްތިޖާޖުން ބައެއް ނޫސްވެރިން ހައްޔަރު ކުރުމަށްފަހު ދޫކޮށްލާފައެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް މުއިއްޒު ނޫސްވެރިންނާ ބައްދަލު ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ރައީސް މުއިއްޒު ބައެއް ނޫސްވެރިންނާ ބައްދަލު ކުރައްވާއިރު ނޫސްވެރިން ދަނީ ރައީސް އޮފީސް ކުރިމަތީގައި މުޒާހަރާ ކުރަމުންނެވެ. އަދި އިއްޔެގެ މަޖިލީހުގެ ޖަލްސާގައި ނޫސްވެރިން އުލުބައިންދަން ޕީއެންސީގެ ޕީޖީ ލީޑަރ ފަލާޙް ގޮވާލި މައްސަލަވެސް ވަނީ ހޫނުވެފައެވެ.
އެނގިފައިވާ ގޮތުގައި ނޫސްވެރިންގެ ފަރާތުން އެ ބައްދަލުކުރެއްވުމުގައި ބައިވެރިވަނީ، އެމްޖޭއޭގެ ފައުންޑަރު އަދި ދައުރު ނޫހުގެ މެނޭޖިން އެޑިޓަރު ހިރިގާ އަހުމަދު ޒާހިރާއި، އެމްޖޭއޭގެ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު ޖުނައިދާއި، އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒް މޫސާ އާއި، މިހާރު ނޫހުގެ މެނޭޖިން އެޑިޓަރު މުއިއްޒު އިބްރާހިމާއި، މީޑިއާ ކައުންސިލްގެ މެންބަރު ނަހުދާ ފާއިޒެވެ.
ހަމައެއާއެކު ކުރީގެ ނޫސްވެރިން ކަމަށްވާ ކޮމިއުނިކޭޝަން މިނިސްޓަރ އިބްރާހިމް ޚަލީލާއި، ޔޫތު މިނިސްޓަރ އަސްވާޑު ވެސް މިއަދު ވަނީ ރައީސް އޮފީހުގެ ބޭރުގައި ނޫސްވެރިންނާ ބައްދަލު ކުރަށްވައި މިބިލުގައި ސަރުކާރުގެ އަތެއް ނެތްކަން ދެއްކެވުމަށް މަސައްކަތް ކުރަށްވާފައެވެ.
އޭގެއިތުރުން މިއަދު ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމުގައި ނިންމާފައިވަނީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި، ހިއުމަން ރައިޓްސް ކޮމިޝަންގެ އިތުރުން ޔޫތު މިނިސްޓްރީ އާއި ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާތައް އެ ކޮމިޓީ އަށް ހާޒިރުކޮށް، ހިޔާލު ހޯދުމަށެވެ.
އަދި އެބިލު އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ނިންމަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ނިންމާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު