އިއްޔެގެ މަޖިލީހުގެ ޖަލްސާގައި ނޫސްވެރިން އުލުބައިންދަން ޕީއެންސީގެ ޕީޖީ ލީޑަރ އިބްރާހިމް ފަލާޙް ގޮވާލި ނަމަވެސް އެކަން ބެލުމުގެ އިޚްތިޞާސް ނެތްކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެފިއެވެ.
އެޗްއާރްސީއެމުން މިއަދު ބުނީ ގާނޫނުއަސާސީއާއި ގާނޫނުން އިމްތިޔާޒް ލިބިދީފައިވާ ފަރާތްތަކުގެ މައްސަލަ ބެލުމަކީ އެ ކޮމިޝަނުގެ އިހްތިޞާސްގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށެވެ.
އެހެންނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވިޔަސް އެނޫންވެސް ތަންތަނުގައި ދެކެވޭ ވާހަކަތަކުގައި، އެއްވެސް މީހެއްގެ އިންސާނީ ކަރާމާތަށް އުނިކަން އަންނާނެ މޭރުމުން ވާހަކަ ދެއްކުމަކީ އެއްވެސް ފަރާތަކުން ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.
ހަމައެއާއެކު މީޑިއާތަކަށް ނިސްބަތްކޮށް ފަލާހު ދެއްކެވި ވާހަކަތަކާމެދު ކަންބޮޑުވާ ކަމަށްވެސް އެޗްއާރްސީއެމުން ވަނީ ބުނެފައެވެ. އަދި އަނެކާއަށް އޭނާގެ ދިފާއުގައި އެއްޗެއް ބުނުމުގެ ފުރުސަތު ނޯންނަ ތަނެއްގައި އަމުދުން އެފަދަ ވާހަކައެއް ދެކެވިގެން ނުވާނެކަން ކޮމިޝަނުން ފާހަގަ ކޮށްފައިވެއެވެ.
އޭގެއިތުރުން އެޗްއާރްސީއެމުން ބުނީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލަށް ކޮމެންޓް ކުރުމުގެ މަސައްކަތް ކޮމިޝަނުން ކުރިއަށް ގެންދާ ކަމަށެވެ.
ފަލާހުގެ ވާހަކަތަކަށް ފިޔަވަޅު އެޅުމުގެ އިޚްތިޞާސް ނެތްކަމަށް ފަލާޙް ވިދާޅުވެފައިވާއިރު، ސަރުކާރުން ފަހަތުގައި އޮވެގެން މީޑިއާ ކޮންޓްރޯލް ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ ބިލުގެ ބަހުސްގައި ޕީއެންސީގެ ޕީޖީ ލީޑަރ ފަލާހު އިއްޔެ ވިދާޅުވީ، ނޫސްވެރިން ލާންވީ ޖަލަކަށް ނޫން ކަމަށާއި އުލުބައިދަންވީ ކަމަށެވެ.
ދިވެހިބަހުގެ ރަދީފުގައި ބުނާ ގޮތުން، އުލުބޭންދުމަކީ އިހު ޒަމާނުގައި މީހުން މެރުމަށް ހަދާ ގޮތެކެވެ. އެގޮތުން، އުލު ބައިންދާއިރު، ތޫނުކޮށްފައި ހުންނަ ދަގަނޑު އުލެއްގައި މީހާ ބައިންދާ ކަމަށް ރަދީފުގައިވެއެވެ.
“މީޑިއާ ގެންގޮސް ޖަލަކަށް ނޫން. އުލުބައިންދަންވަނީ. އުލުބައިންދަންވީ.” ދައުރުން ބޭރުގައި އިއްޔެ ބޭއްވި މަޖިލީހުގެ ޖަލްސާގައި ފަލާހު ވިދާޅުވިއެވެ.
އޭގެއިތުރުން ނޫސްވެރިން އުލުބައިންދަން ފަލާޙް ގޮވާލުމުން އެކަމާ ދެކޮޅަށް ބަސް ވިދާޅުވި ސްޕޯޓްސް މިނިސްޓްރީގެ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ އިބްރާހިމް ސައީދު (ކޭޑު) މިއަދު ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު