ރާއްޖެފަދަ ހޫނު ގައުމެއްގައި އުޅޭއިރު، އަޅުގަނޑުމެންގެ ތެރޭގައި ގިނަ މީހުންނަށް ކަމުދަނީ އައިސް ފެނެވެ. ދުވާލު ބޭރުތެރޭގައި އުޅެފައި ގެއަށް އައިސް ވަންނަ ގޮތަށް އެންމެ ފުރަތަމަވެސް ކުރާ ކަމަކީ އައިސްފެން ބުއިމެވެ. މިއީ ގިނަ މީހުންގެ ކިބައިގައި ހުންނަ އާދައެއް ކަމުގައި ވީއިރު، އައިސްފެން ބުއިމުން ބަރުދަން އިތުރުވާ ކަމަށް ވަރަށް ގިނަ މީހުން ބުނެއެވެ.
އިންޑިޔާގެ މުމްބާއީގެ ނިއުޓްރިޝަނިސްޓެއް ކަމަށްވާ އަމިތާ ގަދްރޭ ވަނީ ދާދި ފަހުން ދިން އިންޓަވިއުއެއްގައި މިކަމުގެ ހަގީގަތް ހާމަކޮށްފައެވެ.
އެގޮތުން އަމިތާ ބުނީ އައިސް ފެން ބުއިމުން ބަރުދަން އިތުރުވާކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ ހަގީގަތެއް ނޫން ކަމަށެވެ. އޭނާ ބުނީ ފެނަކީ އެއްވެސް ކެލޮރީއެއް އެކުލެވޭ އެއްޗެއް ނޫން ކަމަށާއި، ފެނުގެ ފިނިހޫނުކަމުގެ ސަބަބުން މީހާގެ ހަށިގަނޑަކަށް އެއްްވެސް އަސަރެއް ނުކުރާނެ ކަމަށެވެ.
އޭނާ އިތުރަށް ބުނީ އައިސްފެނުން ބަރުދަން އިތުރު ނުވާ ފަދައިން ހޫނު ފެން ބޮއެގެން ބަރުދަން ލުއިވެސް ނުކުރެވޭނެ ކަމަށެވެ. އަދި ފެނުގެ ފިނިހޫނު މިނުގެ ސަބަބުން ހަށިގަނޑަށް އަސަރު ނުކުރާނޭ ކަމަށް އޭނާ ވަނީ ތަކުރާރުކޮށް ބުނެފައެވެ.
ފެނަކީ ހަށިގަނޑުގެ މެޓަބޮލިޒަމް އަށްޓަކައި ވަރަށް މުހިންމު އެއްޗެއް ކަމުން، ހޫނުކޮށް ބުއިނަމަވެސް ނުވަތަ އައިސްކޮށްގެން ބުއިނަމަވެސް ހަށިގަނޑަށް ބޭނުންވާ ވަރަށް ފެން ބުއިމަކީ މުހިންމު ކަމެެއް ކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި ހަށިގަނޑަށް ބޭނުންވާ ވަރަށް ފެން ނުލިބޭނަމަ މީހާގެ މެޓަބޮލިޒަން ދަށްވާ ކަމަށްވެސް އޭނާ ހާމަކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު