ފުލުހުންނަކީ ވާޖިބު އަދާކުރުމުގައި ތެދުވެރިކަމާއި މުރާލިކަމާއެކު ހިދުމަތްކުރާ ބައެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަ ކުރަމުންދާ ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ ތަހުނިޔާ މީސްމީޑިއާ މެދުވެރިކޮށް ފޮނުއްވަމުން ރައީސް ވިދާޅުވީ، ދިވެހި ފުލުހުންނަކީ ވާޖިބު އަދާކުރުމުގައި ތެދުވެރިކަމާއި މުރާލިކަމާއެކު ހިދުމަތްކުރާ ބައެއް ކަމަށެވެ.
“ވާޖިބު އަދާކުރުމުގައި ތެދުވެރިކަމާއި މުރާލިކަމާއެކު ދިވެހި ފުލުހުން ރެޔާއިދުވާލު ކުރަމުންދާ ބުރަ މަސައްކަތަށް ޝުކުރު އަދާކުރަމުން، ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ ތަހުނިޔާ އަރިސްކުރަން!” ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ފުލުހުންގެ ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވާފައިވާއިރު، ދިވެހި ފުލުހުންގެ ހިދުމަތް މަދަނީ ހިދުމަތެއްގެ ގޮތުގައި ގާއިމް ކުރިތާ މިއަދު ވަނީ 21 އަހަރު ފުރިފައެވެ.
1933 ވަނަ އަހަރު ފުލުހުންގެ ޚިދުމަތް ރާއްޖޭގައި ފެށި ނަމަވެސް، މަދަނީ ވަކި ޚިދުމަތެއްގެ ގޮތުގައި، ދިވެހި ފުލުހުންގެ މުއައްސަސާ އުފެދިފައިވަނީ 2004 ވަނަ އަހަރު ސެޕްޓެމްބަރު މަހު 1 ވަނަ ދުވަހުއެވެ. އެދުވަހުން ފެށިގެން ފުލުހުން ސިފައިންގެ ޚިދުމަތުން ވަކި ކުރެވި ފުލުހުންގެ ޚިދުމަތް ދާޚިލީ ވުޒާރާގެ ދަށަށް ބަދަލު ކުރެވިގެން ދިޔައެވެ.
އަދި ފުލުހުންގެ ޚިދުމަތަށް ޚާއްސަކޮށްގެން ޤާނޫނެއް ފުރަތަމަ އެކުލަވާލެވި ޢަމަލުކުރަން ފެށުނީ 2008 ވަނަ އަހަރުއެވެ. އޭގެ ފަހުން ފުލުހުންގެ ޚިދުމަތުގެ އައު ޤާނޫނެއް 2020 އެކުލަވާލެވި ޒަމާނީ ކޮމިނިއުޓީ ޕޮލިސިންގެ ފަލްސާފާގެ ތެރެއިން ފުލުހުންގެ ޚިދުމަތް ބައްޓަން ކުރެވިގެން ގޮސްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު