ގެއްލިގެން ހޯދަމުންދިޔަ 'ކޮލަމާ ބޯޓު' ގެ ކެޕްޓަން މަރުވެއްޖެއެވެ.
ފުލުހުން ބުނީ ގެއްލިގެން ހޯދަމުންދިޔަ ކޮލަމާ ބޯޓު ފެނިފައިވާކަމަށާއި، އެ ބޯޓުގެ ކެޕްޓަނަށް ފަރުވާދޭން ވިލިނގިލީ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.
މި ބޯޓަކީ މާލެއިން ފުރައިގެން ގއ. ކޮލަމާފުއްޓަށް ދަތުރުކުރި ބޯޓެކެވެ. ބޯޓު ގެއްލިގެން ރިޕޯޓްކޮށްފައިވަނީ މިއަދު މެންދުރު 13:25 ހާއިރުކަމަށް ފުލުހުން ހާމަކުރިއެވެ.
ފުލުހުން ބުނީ ބޯޓު ފެނިފައިވަނީ ގއ. އަތޮޅުގެ އެކެފަރަ ސަރަޙައްދުންކަމަށެވެ.
ނަމަވެސް ބޯޓު ގެއްލުނީ ކީއްވެގެންކަަމާއި، ބޯޓު ކެޕްޓަނަށް ދިމާވި ސިއްޙީ މައްސަލައިގެ އެއްވެސް ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު