ޗައިނާގެ ސައިންތިސްޓުން ދަރިމައިވާފަދަ ރޮބޮޓެއް އުފެއްދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.
މި ރޮބޮޓު އުފައްދާނީ އަންހެނެއްގެ ރަހިމާ އެއްފަދަ ގޮތަކަށް ކަމަށް ރިޕޯޓުގައި ވެއެވެ. އަދި ޕްރެގްނެންސީ ފުލް ޓާރމްއަށް ދެމެހެއްޓުމުގެ ގާބިލުކަން މި ރޮބޮޓުގެ ކިބައިގައި ވާނޭ ކަމަށްވެސް ރިޕޯޓުގައި ވެއެވެ.
ރިޕޯޓުތައް ބުނާގޮތުގައި މި މަސައްކަތް ކުރަމުންދަނީ ކައިވާ ޓެކްނޮލޮޖީގެ ފައުންޑަރު ޑރ. ޒާންގު ޗިފެންގުއެވެ. މި ރޮބޮޓު އުފެއްދުމުގެ މަސައްކަތް ކުރަމުންދާކަން އޭނާ ހާމަކުރީ މިއަހަރު ބެއިޖިންގައި ބޭއްވި "ވޯލްޑް ރޮބޮޓް ކޮންފަރެންސްގެ" ތެރެއިންނެވެ.
އޭނާ ބުނީ ހުރިހާ ކަމެއް ރަނގަޅަށް ގޮސްފިނަމަ މި 'ރޮބޯ މަމް' ގެ ޕްރޮޓޯޓައިޕެއްް 2026 ގައި ނެރޭނެ ކަމަށެވެ.
މި ރޮބޮޓުގެ އާރޓިފިޝަލް ރަހިމު މަސައްކަތް ކުރަނީ އިންސާނެއްގެ ރަހިމާ އެއްގޮތަށެވެ. މި ރަހިމުގައި ސައިންސުވެރިން އުފައްދާފައިވާ އެމްނިއޮޓިކް ފްލުއިޑު ހިމެނޭއިރު، ރަހިމު ތެރެއަށް ފާޓިލައިޒް ކޮށްފައިވާ އެބްރިޔޯއެއް ލުމުން އެ އެމްބްރިޔޯ ހެދިބޮޑުވާނެ ކަމަށް ރިޕޯޓުގައި ވެއެވެ. އަދި އެމްބްރިޔޯ ހެދިބޮޑުވުމަށް ބޭނުންވާ ކާނާ ފޯރުކޮށްދޭނެ ޓިއުބެއްވެސް މި ރޮބޮޓުގެ ރަހިމުގައި ވާނޭ ކަމަށް ރިޕޯޓުގައި ވެއެވެ.
ސައިންސުވެރިން މި އުފައްދާ ބައޯބޭގުގައި ދަރިފުޅު ހެދިބޮޑުވުމަށް ބޭނުންވާ ހުރިހާ އެއްޗެއްވެސް ލިބެން ހުންނާނެ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.
މި ޓެކްނޮލޮޖީއަށް ގާތްގަނޑަކަށް 14000 ޑޮލަރު ހޭދަވާނެ ކަމަށް ސައިންސުވެރިން ލަފާކުރެއެވެ.
މީގެ ފަހަތުގައިވާ ސައިންސަކީ ވަރަށްވެސް ޝައުގުވެރި ކަމަކަށްވީނަމަވެސް ވަރަށް ގިނަ ފަރާތްތަކުން ވަނީ މިއަށް ފާޑުކިޔާފައެވެ. އެގޮތުން މިކަމުގެ ސަބަބުން މަންމައާއި ދަރިފުޅާ ދެމެދު އޮންނަ ގުޅުމަށް އަސަރު ކުރާނެ ކަމަށާއި، ބެލެނިވެރިކަމަށްވެސް ނޭފެވޭ އަސަރުތައް ކުރާނެ ކަމަށް ބައެއް މީހުން ބުނެއެވެ. އެހެންކަމުން އެތިކަލް ނަޒަރަކުން ބަލާއިރު މިއީ ރަނގަޅުކަމެއް ނޫން ކަމަށްވެސް ވަނީ ބުނެފައެވެ.
އެހެންނަމަވެސް މި ޓެކްނޮލޮޖީ ހަގީގަތަކަށް ވެއްޖެނަމަ ބައެއް ފަރާތްތަކަށް އޭގެ ފައިދާވެސް ކުރާނެ ކަމަށް ރިޕޯޓުތަކުގައި ވެެއެވެ. މިސާލަކަށް ދަރިމައި ނުވެވޭ މީހުންނަށް މީގެ ސަބަބުން އާ އުންމީދެއް ލިބިގެން ދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު