ރާއްޖެ-ޗައިނާ ގުޅުން ބަދަހިކުރުމަށް ފަހުމްނާމާތަކެއްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ: ރައީސް އޮފީސް
ރާއްޖެ-ޗައިނާ ގުޅުން ބަދަހިކުރުމަށް ފަހުމްނާމާތަކެއްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ: ރައީސް އޮފީސް
ރާއްޖެ އާއި ޗައިނާއާ ދެމެދު އެކިދާއިރާތަކުން އެއްބާރުލުން ދިނުމާބެހޭގޮތުން 11 ފަހުމްނާމާއެއްގައި ސޮއިކޮށްފިއެވެ.

މި ފަހުމްނާމާތަކުގައި ސޮއިކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތު ބާއްވާފައިވަނީ ޗައިނާގެ ބެއިޖިންގެ، ވަންގްފުޖިންގް ހިލްޓަން ހޮޓެލްގައެވެ. މިއީ ރާއްޖެ އާއި ޗައިނާއާއި ދެމެދު އެކިދާއިރާތަކުން ގުޅުންބަދަހިކުރުމުގެ މަގްސަދުގައި އެކުލަވާލި ފަހުމްނާމާތަކެކެވެ.

މީގެ ތެރޭގައި އިގްތިސާދީ ތަރައްގީ އާއި އުމުރާނީ ތަރައްގީ އަދި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ދެ ގައުމުން އެއްބާރުލުން އިތުރުކުރުމާ ގުޅޭ ފަހުމުނާމާތައް ހިމެނެ ކަމަށް ސަރުކާރުން ހާމަކުރެއެވެ.

މި ފަހުމުނާމާތަކަކުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ދެ ގައުމުގެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިވެގެންދިޔުމާއެކު، ދެމެހެއްޓެނިވި ތަރައްގީއަށް އެޅިގެންދާ މުހިންމު ފިޔަވަޅަކަށް ވެގެންދާނެ ކަމަށްވެސް ސަރުކާރުން ބުނެއެވެ.

މިއަދު އޮތް މި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ.



ކިޔުންތެރިންގެ ހިޔާލު