ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ގަވާއިދުގެ ތެރެއަށް ވަނުމަށް 6 މަސް ދިނުމަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ދާޚިލީ ވުޒާރާއިން ހާމަކޮށްފިއެވެ.
ރާއްޖޭގެ މީޑިއާއެއްގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލްމަޖީދު އިބްރާހިމް ވިދާޅުވީ، ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ ރައްޔިތުންގެ ކަންބޮޑުވުން ވަރަށް ބޮޑަށް އޮތް މައްސަލައެއް ކަމަށެވެ. އަދި މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ހާއްސަ މަސައްކަތްތަކެއް ފެށިފައިވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.
އެގޮތުން މިހާރު ކުރިއަށް ގެންދާ އޮޕަރޭޝަން ކުރަނގީގައި 174،000 އަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު އެއްކޮށްފައިވާއިރު ގަވާއިދާ ހިލާފަށް ގިނަ އަދަދެއްގެ ބިދޭސީން އުޅެމުން އަންނަކަން ފާހަގަ ކުރެވިފައިވާކަމަށް އަބްދުލްމަޖީދު ވިދާޅުވިއެވެ.
އޭގެއިތުރުން އަބްދުލްމަޖީދު ވިދާޅުވީ، އެކިއެކި ހާލަތްތައް ކުރިމަތިވެގެން ނުވަތަ ވަޒީފާދޭ ފަރާތުގެ އިހުމާލު އޮވެގެން ނަމަވެސް ގަވާއިދުގެ ތެރެއަށް ނުވަދެވި ތިބި ވަރަށް ގިނަ ބިދޭސީން ތިބި ކަމަށެވެ.
އެހެންކަމުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ގަވާއިދުގެ ތެރެއަށް ވަނުމަށް ގާތްގަނޑަކަށް ހަ މަސް ދުވަހުގެ މުއްދަތެއް ދިނުމަށް ހަމަޖެހިފައިވާކަމަށާއި، އެ ފުރުސަތުގެ ބޭނުން ހިފުމަށް މަޖީދު ވަނީ އިލްތިމާސް ކުރަށްވާފައެވެ.
އަބްދުލްމަޖީދު މިހެން ވިދާޅުވެފައިވާއިރު، މިހާތަނަށް ކުރެވުނު މަސައްކަތުން 174،152 ބިދޭސީ މަސައްކަތްތެރިންގެ 10 އިނގިލީގެ ނިޝާން އަދި ފޭޝަލް ރެކޮގްނިޝަންއަށް ބޭނުންވާ ފޮޓޯ ނެގި ޑޭޓާބޭސް އަދާހަމަކޮށްފައިވާ ކަމަށް މިނިސްޓްރީން މަޢުލޫމާތުދެއެވެ.
މި އޮޕަރޭޝަންގެ ދެވަނަ ފިޔަވަހީގައި ހިމެނެނީ ރަނގަޅަށް ވަޒީފާ އަދާކުރާ މީހުންނަށް ގަވާއިދުގެ ތެރެއަށް ވަނުމަށް އިތުރު ފުރުސަތު ދިނުމާއި، ބިދޭސީން ރާއްޖެ ގެނައުމުގެ ނިޒާމު ހަރުދަނާ ކުރުމެވެ. މި މަސައްކަތުގެ ތެރެއިން މިހާތަނަށް ބަޔޯމެޓްރިކް އަދާހަމަކޮށްފައިނުވާ ބިދޭސީން ގެންގުޅޭ 2،498 ފަރާތެއް ވަނީ ސިސްޓަމުން ބްލޮކްކޮށްފައެވެ.
ސަރުކާރުން އަމާޒު ހިފާފައިވަނީ ޤަވާއިދާ ޚިލާފަށްއުޅޭ ބިދޭސީންގެ މައްސަލަ 2027 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ނިޔަލަށް ޙައްލު ކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު