ވެލާނާގޭ ސަރަޙައްދު
ވެލާނާގޭ ސަރަޙައްދު
ސިވިލް ސަރވިސް މުވައްޒަފުން ރިޓަޔާމަންޓަށް މުއްދަތު ގުނާއިރު ސަރުކާރު ކުންފުނިތަކުގައި ޚިދުމަތްކުރި މުއްދަތު ހިމަނަން ސިވިލް ސަރވިސް ކޮމިޝަނުން ނިންމައިފިއެވެ.

ސިވިލް ސަރވިސް ކޮމިޝަނުން ނެރުނު ސަރކިއުލާގައި ބުނެފައިވަނީ ސިވިލް ސަރވިސް މުވައްޒަފުން ވަޒީފާއިން މުސްކުޅިކޮށް ވަކިކުރާއިރު ޚިދުމަތުގެ މުއްދަތު ގުނުމުގައި ކުރިން ދައުލަތުގެ އެހެން މުވައްސަސާއެއްގައި ނުވަތަ ސަރުކާރުގެ މައި ހިއްސާ އޮންނަ ކުންފުޏެއްގައި މަސައްކަތް ކުރައްވާފައިވާ މުއްދަތުވެސް ހިމެނުމަށް ނިންމާފައިވާ ކަމަށެވެ.

އެހެންކަމުން، ސިވިލް ސަރވިސް ކޮމިޝަނުން ވަނީ އެ ބަދަލާ ގުޅިގެން މިހާރު ސިވިލް ސަރވިސްގެ ވަޒީފާގައި ދެމިތިބި މުވައްޒަފުން ދައުލަތުގެ އެކި މުއައްސަސާތަކާއި ސަރުކާރުގެ މައި ހިއްސާ އޮންނަ ކުންފުނިތަކުގައި ވަޒީފާ އަދާކޮށްފައިވާނަމަ އެކަން އެންގުމަށް އެދިފައެވެ.

އަދި ތަޖުރިބާގެ ލިޔުން އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އިދާރާއެއް މެދުވެރިކޮށް ސިވިލް ސަރވިސް ކޮމިޝަންގެ ސީއެސްވިއުގައިގެ "އެކްސްޕީރިއަންސް" ބައިގައި ހިމެނުމަށްވެސް ވަނީ އަންގާފައެވެ.

ސީއެސްސީން މިގޮތަށް ނިންމާފައިވާއިރު ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރުމުގެ މަޝްވަރާތައް ނިމިފައިވާ ކަމަށް ނެޝަނަލް ޕޭ ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު