ރާއްޖޭގެ ނޫސްވެރިކަމުގެ ނަޒާހަތްތެރިކަމަށްޓަކައި މީޑިއާ ބިލް ފާސްކުރަންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ސިނާން ވިދާޅުވެއްޖެއެވެ.
ސިނާން މިހެން ވިދާޅުވެފައި މިވަނީ މީޑިއާ ރެގިއުލޭޓަރީ ބިލުގެ ނަމުގައި މަޖިލީހަށް ހުށަހަޅާފައިވާ ބިލު ބޭރުކުރުމަށް ގޮވާލައި 151 ނޫސްވެރިންގެ ސޮޔާއެކު ރައްޔިތުންގެ މަޖިލީހަށާއި، ރައީސް އޮފީހަށް ޕެޓިޝަނެއްް ހުށަހަޅާފައިވަނިކޮށެވެ.
މިއަދު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ސިނާން ވިދާޅުވީ މީޑިއާއަށް އެކަށީގެންވާ ގާނޫނެއް ނެތުމުން ދޮގު މައުލޫމާތު ފެތުރުމާއި، އަބުރު ގެއްލުމާއި، މުޖުތަމައުތައް "ފަޅާލައި،" ޑިމޮކްރަސީ ގެއްލޭނެ ކަމަށެވެ.
ސިނާން ވިދާޅުވީ މީޑިއާ ބިލަކީ އަޑު ކަނޑުވާލުމުގެ ބިލެއް ނޫންކަމަށެވެ. އަދި އެ ބިލަކީ ރައްޔިތުންގެ ހިމާޔަތާއި މުއައްސަސާތައް ހަރުދަނާކުރުމާއި، ރާއްޖޭގެ ނޫސްތަކުން ހަގީގަތް ހާމަކޮށްގެން ރައްޔިތުންނަށް ތެދު މައުލޫމާތު ލިބޭނެކަން ކަށަވަރު ކުރުމުގެ މަގްސަދުގައި ހުށަހަޅާފައިވާ ބިލެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ މީޑިއާ ބިލް ކުރިއަށް ގެންދިއުމަކީ ހަމައެކަނި އިޚްތިޔާރެއް ނޫންކަމަށާއި، އެއީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ.
"އަޅުގަނޑުމެންގެ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި، އަދި ރާއްޖޭގެ ނޫސްވެރިކަމުގެ ނަޒާހަތްތެރިކަމަށްޓަކައި، މި ބިލު ފާސްކުރަންޖެހޭ،" ސިނާން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު