ބ. ތުޅާދޫ، ކާނިމާގެ، ލުޖައިނާ ތަސްނީމާ (29 އ)
ބ. ތުޅާދޫ، ކާނިމާގެ، ލުޖައިނާ ތަސްނީމާ (29 އ)
ޖަޕާނުގައި ހުންނަވަނިކޮށް ނިޔާވި ފޮރިން މިނިސްޓްރީގެ މުވައްޒަފު ބ. ތުޅާދޫ، ކާނިމާގެ، ލުޖައިނާ ތަސްނީމާ (29 އ)ގެ ހަށިގަނޑު ރާއްޖެ ގެނެސް މިއަދު މެންދުރު ޖަނާޒާ ބޭއްވުމަށް ހަމަޖައްސައިފިއެވެ.

ލުޖައިނާގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށްފަހު ރާއްޖެ ގެނެސްފައިވާއިރު، ޖަނާޒާ އޮންނާނީ މިއަދު މެންދުރު ނަމާދަށްފަހު މަސްޖިދު ޒައިދުބިން ޘާބިތް (ހުޅުމާލޭ ސަހަރާ މިސްކިތް) ގައި ކަމަށް ކަށުނަމާދު އެމްވީގައި ވެއެވެ.

ލުޖައިނާ ޖަޕާނަށް ދިޔައީ 2023 ވަނަ އަހަރުގެ އޯގަސްޓްމަހުގެ 20 ވަނަ ދުވަހު މާސްޓަރސް ފުރިހަމަ ކުރުމަށެވެ. އަދި ނިޔާވީ ކޯސް ނިންމުމަށްފަހު ރާއްޖެ އައުމުގެ ކުރިން ގްރެޖުއޭޝަން ހަފްލާގައި ބައިވެރިވުމަށް ޖަޕާނުގައި މަޑުކޮށްގެން ހުއްޓާކަމަށް މައުލޫމާތު ލިބިފައިވެއެވެ.



ލުޖައިނާގެ މަރު، ޖަޕާނުގެ ކަމާގުޅޭ އިދާރާތަކުން ކަށަވަރުކޮށްދިނީ ހުސްވި އޯގަސްޓު މަހުގެ 21 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އެނގިފައިވާ ގޮތުގައި އޭނާ ނިޔާވެފައި އޮތީ އޭނާ ދިރިއުޅޭ ކޮޓަރީގައެވެ. އޭރު އާއިލާއިން އޭނާގެ ހަބަރެއް ނުވެގެން އުޅޭތާ ދެ ދުވަސް ވެއްޖެއެވެ.

ލުޖައިނާގެ މަރާ ގުޅިގެން ކުރީގެ ފޮރިން މިނިސްޓަރު ޝާހިދު، ވިދާޅުވީ ޚާރިޖީ ޢާއިލާއަށް ގެއްލިގެން ދިޔައީ ހުނަރުވެރި މަސައްކަތަށް ކަމޭހިތާ ބޭފުޅެއް ކަމަށާއި، ލުޖައިނާ ކުރި ކޮންމެ ކަމެއްގައި ވެސް ޝައުގުވެރިކަމާއި ނަޒާހަތްތެރިކަން ފެނުނު ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު