އައްޑޫ ފެނަކަ އިންޖީނުގެ
އައްޑޫ ފެނަކަ އިންޖީނުގެ
އައްޑޫގައި ކަރަންޓު ކޭބަލް ބުރިކުރަން އުޅުނު މީހަކު ކަރަންޓުގައި ޖެހިގެން ފަރުވާދޭން ފަށައިފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ފޭދޫ ބަނދަރު ސަރަހައްދުގައި ހުންނަ ޓްރާންސްފޯމަރަކުން ކޭބަލް ބުރިކުރުމަށް މީހަކު މަސައްކަތް ކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ. އެކަމާ ގުޅިގެން ރޭ ދޮޅުގަޑިއެއްހާއިރަށް އައްޑޫން ކަރަންޓް ކެނޑިފައިވެއެވެ.

އައްޑޫގައި ކޭބަލް ބުރިކުރަން އުޅުނު މީހާ ކަރަންޓުގައި ޖެހިގެން ފަރުވާ ދެމުން ދާއިރު، އެމީހާގެ ކަނައަތާއި ވައަތު ފައި ވަނީ ފިހިފައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޭނާއަށް ފަރުވާދެމުންދަނީ އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގައެވެ.

ރޭވެސް އައްޑޫން ކަރަންޓު ކެނޑީފައިވާއިރު، އައްޑޫގެ ކަރަންޓްގެ ހާލަތު ރަނގަޅު ނުކުރެވި ދެ އަހަރުވާން ވަނީ ކައިރިވެފައެވެ. އަދި މި މައްސަލަ ހައްލު ކުރުމަށް ސަރުކާރުގެ ހެޔޮނިޔަތެއް އޮތްކަމަށް ގަބޫލު ނުކުރަށްވާ ކަމަށް އައްޑޫ މޭޔަރ ނިޒާރު މީގެކުރިން ވިދާޅުވެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު