ގެއެއްގެ ފުރާޅު އެއްލާލައިފި
ގެއެއްގެ ފުރާޅު އެއްލާލައިފި
ވައިގަދަވެ އައްޑޫ މަރަދޫފޭދޫގެ ހަތް ގެއެއްގެ ފުރާޅު އެއްލާލައި ގެއްލުންތަކެއް ވެއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ހަތް ގޭގެ ފުރާޅު އެއްލާލައި އެކިވަރުގެ ގެއްލުންތައް ލިބިފައިވެއެވެ. ފުރާޅު އެއްލާލި ތަންތަނުގެ ތެރޭގައި އެ ރަށުގެ ހިނަވާގެ އާއި ނޫރު މިސްކިތް ވެސް ހިމެނެއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ ކަމާބެހޭ އިދާރާތަކާ ގުޅިގެން ގެއްލުން ލިބުނު ގެތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.

މެޓް އޮފީހުން ބުނީ އައްޑޫ ސިޓީއަށް ބޮޑަށް ވާރޭ ނުވެހުނަސް ވައިގަދަ ކަމަށެވެ.

އެގޮތުން ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު