ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއް އަންނަ ހޯމަ ދުވަހު ބޭއްވުމުގެ މަސައްކަތް ވެރިކަންކުރާ ޕީއެންސީގެ މެންބަރުން ފަށައިފިއެވެ.
އިތުބާރުހުރި މަސްދަރަކުން ރަސް އޮންލައިނަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ޖަލްސާ ބޭއްވުމަށްޓަކައި ރަސްމީކޮށް ކުރަންޖެހޭ ކަންކަން ޕީއެންސީގެ ޕީޖީ ގްރޫފްގެ ފަރާތުން ދަނީ ކުރަމުންނެވެ.
އެގޮތުން މި ޖަލްސާގައި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލާއި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓު ނެގުމާގުޅޭ ބިލުގެ މަސައްކަތް ވަކިގޮތަކަށް ނިންމުމަށް ހަމަޖެހިފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.
މަޖިލީހުގެ މުހިންމު މަސައްކަތްތަކެއް ކުރުމަށް ދައުރުން ބޭރުން މިދިޔަ މަހު ވެސް ވަނީ ޖަލްސާއެއް ބާއްވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއް ނުވަތަ ޖަލްސާތަކެއް ބާއްވަން މަޖިލީހުގެ ތިންބައިކުޅަ އެއްބައި މެންބަރުން ސަބަބު ބަޔާންކޮށް ސޮއިކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ހުށަހަޅައިފިނަމަ، އެ ހުށަހެޅުން ހުށަހަޅާތާ 14 ދުވަހުގެ ތެރޭގައި އެ ޖަލްސާއެއް ނުވަތަ ޖަލްސާތައް ބާއްވަންވާނެ ކަމަށެވެ.
މަޖިލީހުގެ މިދައުރު ނިންމައި މެންބަރުން ޗުއްޓީއަށް ވަޑައިގެންފައިވަނީ، މިދިޔަ މަހުގެ 19 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު