މ. މުލީ ޖޭމުގަސްދޮށުގެ މުޙައްމަދު ވާފިރު (51އ)
މ. މުލީ ޖޭމުގަސްދޮށުގެ މުޙައްމަދު ވާފިރު (51އ)
ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ބަންދުގައި ބަހައްޓައިގެން މީހަކު ހޯދުމަށް ފުލުހުން އިޢުލާނު ކޮށްފިއެވެ.

ފުލުހުން ބުނީ ސިވިލް ކޯޓަށް ޙާޒިރު ކުރެވިފައި ނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޒިރު ކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން މ. މުލީ ޖޭމުގަސްދޮށުގެ މުޙައްމަދު ވާފިރު (51އ) ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން މުޙައްމަދު ވާފިރު ބަންދުގައި ބަހައްޓައިގެން 2025 ސެޕްޓެންބަރު 14 ވަނަ ދުވަހުގެ 13:30 އަށް ސިވިލް ކޯޓަށް ޙާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ވަނީ ޢަމުރު ކޮށްފައެވެ.

ފުލުހުން ބުނީ މުޙައްމަދު ވާފިރާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ، ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރުމަށް އެދޭ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު