ނޭޕާލްގައި ޒުވާނުން ކުރިއަށްގެންދާ މުޒާހަރާ ހޫނުވެ ދައުލަތުގެ އިދާރާތަކުގައި ރޯކޮށް ހަމަނުޖެހުންތައް ހިނގަމުންދަނިކޮށް އެ ގައުމުގެ ރައީސް ރާމް ޗަންދްރަ ޕުޑެލް ވެސް އިސްތިއުފާ
ދެއްވައިފިއެވެ.
ނޭޕާލްގެ ރައީސް އިސްތިއުފާ ދެއްވާފައި މިވަނީ ބޮޑުވަޒީރު ކޭޕީ ޝަރުމާ އޮލީ މިއަދު އިސްތިއުފާ ދެއްވާފައިވަނިކޮށެވެ.
ނޭޕާލުގައި ޒުވާނުން ސަރުކާރާ ދެކޮޅު މުޒާހަރާތައް ފަށާފައިވަނީ އެ ގައުމުގައި ސައްހަ ނޫން މައުލޫމާތާއި ނަފުރަތު ފެތުރުވުން ހުއްޓުވުމަށް ކަމަށް ބުނެ، ސޯޝަލް މީޑިއާގެ 26 ވެބްސައިޓެއް މަނާކުރި މައްސަލައިގައެވެ. އެގޮތުން ސަރުކާރުން މަނާކުރަން ނިންމި ޕްލެޓްފޯމްތަކުގެ ތެރޭގައި ޒުވާނުން އެންމެ ގިނައިން ބޭނުންކުރާ އެޕްތައް ކަމަށްވާ އިންސްޓަގްރާމް، ޔޫޓިއުބް، އެކްސް އަދި ފޭސްބުކް ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ޒުވާނުންގެ މުޒާހަރާގައި ބައިވެރިވި މީހުން އެންމެ ފަހުން ސަރުކާރުގެ ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލަން ވެރިންގެ އިސްތިއުފާއަށް ވަނީ ގޮވާލާފައެވެ.
ނޭޕާލްގައި އިއްޔެ ކުރިއަށްގެންދިޔަ މުޒާހަރާތަކުގައި 19 މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެ މުޒާހަރާތަކާ ގުޅިގެން ސަރުކާރުން ވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މަނާ ކުރަން ނިންމި ނިންމުން ބަދަލު ކޮށްފައެވެ. އަދި ނޭޕާލްގެ ހޯމް މިނިސްޓަރު ރަމޭޝް ލެކާކް އިއްޔެ ވަނީ އިސްތިއުފާ ދެއްވާފައެވެ.
މުޒާހަރާތަށް ހޫނުވެ ނޭޕާލް ވެރިރަށުގައި ވަނީ ކާފިއު އިއުލާންކޮށްފައެވެ. ކަތަމަންޑޫގައި މުޒާހަރާގެ ބައިވެރިން ވަނީ ބޮޑުވަޒީރު ކޭޕީ ޝަރުމާ އޮލީއާއި ރައީސް ރާމް ޗަންދުރާ ޕުޑެލްގެ އަމިއްލަ ގެކޮޅުގައި ހުޅުޖަހާފައެވެ. އޭގެ ތެރެއިން ރައީސްގެ ގެކޮޅަށް މުޒާހަރާގެ ބައިވެރިން ވަދެ، ތަކެއްޗަށް ވަނީ ގެއްލުން ވެސް ދީފައެވެ.
މީގެ އިތުރުން ނޭޕާލުގެ ކުރީގެ ދެ ބޮޑުވަޒީރަކާއި މިނިސްޓަރެއްގެ ގެތަކަށް ވެސް ގެއްލުންދީ، ގާނޫނު ހަދާ މަޖިލީހުގެ ބޭރުގައި އަލިފާން ރޯކޮށް ދައުލަތުގެ އެކި އިމާރަތްތަކުގައި މުޒާހަރާގެ ބައިވެރިން ވަނީ ހުޅުޖަހާފައެވެ.

ކިޔުންތެރިންގެ ހިޔާލު