ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާ ބެހޭ ކޮމެޓީގައި މިހާރު އޮތް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ބިލު ދިރާސާ ކުރުމަށް މިއަދު އެ ކޮމެޓީން ބޭއްވި ބައްދަލުވުން އަޑުއަހަން ދިޔަ ނޫސްވެރިން ބާރުގެ ބޭނުންކޮށްގެން އެތަނުން ނެރުމާ ގުޅިގެން، ކޮމެޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އިން އެކަން ކުށްވެރިކޮށްފިއެވެ.
މީޑިއާ ރެގިއުލޭޓުކުރުމުގެ ބިލު ދިރާސާ ކުރުމަށް މިއަދު 10:00 ގައި ކޮމެޓީންބޭއްވި ބައްދަލުވުން އަޑުއަހަން ނޫސްވެރިން ދިޔުމުން، މަޖިލީހުގެ ސެކިއުރިޓީ މުވައްޒަފުން ފޮނުވައިގެން ގަދަކަމުން އެތަނުން ނެރެލައި، ކޮމެޓީ ބައްދަލުވުން ކުރިއަށްގެންދިޔައީ ސިއްރު ބައްދަލުވުމެއްގެ ގޮތުގައެވެ.
ކޮމިޓީ ބައްދަލުވުން ސިއްރުކޮށްގެން ކުރިއަށްގެންދަނީ ބިލާ ގުޅޭ ގޮތުން ކޮމެޓީއަށް އާންމުން ފޮނުވާފައިވާ ޚިޔާލުތަކުގައި މީހުންގެ ޒާތީ މައުލޫމާތު ހުރެގެން ކަމަށް ބުނެއެވެ.
މިގޮތަށް ގަދަބާރުން ނޫސްވެރިން ނެރެލުމުން އެކަން ކުށްވެރިކޮށް ސީޕީޖޭ އިން ވަނީ މީޑިއާ ބިލު އަނބުރާ ގެންދަން ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ގޮވާލާފައެވެ.
އަދި ނޫސްވެރިކަމުގެ މިނިވަންކަމަށް ތާއީދު ކުރައްވާނެ ކަމަށް ރައީސް ވެވަޑައިގެންފައިވާ ވައުދު ދެމެހެއްޓެވުމަށް ވެސް ސީޕީޖޭ އިން ވަނީ ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު