މީޑިއާ ބިލު ދިރާސާ ކުރުމަށް ބޭއްވި ކޮމިޓީ ބައްދަލުވުމުން ނޫސްވެރިން ނެރެން ޖެހުނީ ސިއްރު ކޮމިޓީ ބައްދަލުވުމަކަށް މަޖިލީހުގެ ގަވާއިދާ ޚިލާފަށް ވަދެ އަޑުގަދަކޮށް ކޮމިޓީ ކުރިއަށް ގެންދިޔުމަށް ހުރަސްއެޅުުމުން ކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެފިއެވެ.
މީޑިއާ ރެގިއުލޭޓުކުރުމުގެ ބިލު ދިރާސާ ކުރުމަށް މިއަދު 10:00 ގައި މަޖިލީހުގެ މިނިވަން މުވައްސަސާތަކާ ބެހޭ ކޮމެޓީގައި ކުރިއަށްދިޔަ ބައްދަލުވުން އަޑުއަހަން ނޫސްވެރިން ދިޔުމުން، މަޖިލީހުގެ ސެކިއުރިޓީ މުވައްޒަފުން ފޮނުވައިގެން ގަދަކަމުން އެތަނުން ނެރެލައި، ކޮމެޓީ ބައްދަލުވުން ކުރިއަށްގެންދިޔައީ ސިއްރު ބައްދަލުވުމެއްގެ ގޮތުގައެވެ.
އިދިކޮޅު ފަރާތްތަކުންނާއި، ސީޕީޖޭ އިން ވަނީ މިކަން ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ.
މިކަމާ ގުޅިގެން މަޖިލިސް އިދާރާގެ ރަސްމީ އެކްސް އެކައުންޓުގައި ހިއްސާކުރި ޕޯސްޓެއްގައި ވަނީ މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުން ގެންދިޔައީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 167 ވަނަ މާއްދާގެ ދަށުން ސިއްރު ބައްދަލުވުމެއްގެ ގޮތުގައި ކަމަށެވެ.
ސިއްރު ބައްދަލުވުމެއްގައި ކޮމިޓީގެ މެންބަރުންނާއި ކޮމިޓީގެ ސެކްރެޓޭރިއެޓް ފިޔަވައި އިތުރުބަޔަކަށް ނުތިބެވޭނެ ކަމަށް އެ ޕޯސްޓުގައި ވެއެވެ.
އެހެންނަމަވެސް، 3 ނޫސްވެރިއަކު ކޮމިޓީކުރާ ކޮޓަރިއަަށް ވަދެފައި ވަނީ މި ބައްދަލުވުމަކީ ސިއްރު ބައްދަލުވުމެއްކަން އިންޓަރނަލް ސެކިއުރިޓީއިން އަންގާފައިވަނިކޮށް ގަދަކަމުން ކަމަށް މަޖިލިސް އިދާރާއިން ހާމަކުރިއެވެ.
"ކޮމިޓީކުރާ ކޮޓަރިން އެ 3 ނޫސްވެރިން ނެރެންޖެހުނީ ސިއްރު ބައްދަލުވުމަކަށް މަޖިލީހުގެ ގަވާއިދާ ޚިލާފަށް ވަދެ އަޑުގަދަކޮށް ކޮމިޓީ ކުރިއަށް ގެންދިޔުމަށް ހުރަސްއެޅުުމުން،" މަޖިލިސް އިދާރާއިން ހިއްސާކުރި ޕޯސްޓުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު