ނިދުމުގެ ކުރިން ދަތް އުނގުޅުމަކީ އަޅުގަނޑުމެން އެންމެންގެ ކިބައިގައިވެސް އަށަގަނެވިފައިވާ އާދައަކަށް ވާން ޖެހެއެވެ. މިއީ ދަތްތަކާއި އަނގައިގެ ސާފުތާހިރުކަން ދެމެހެއްޓުމަށްޓަކައި ވަރަށްވެސް މުހިންމު ކަމެކެވެ. މިފަހަރު މި ބަލާލަނީ ނިދުމުގެ ކުރިން ދަތް އުނގުޅުމުން ލިބޭ ބައެއް ފައިދާތަކަށެވެ.
ދަތް ހަލާކުވުމުން ދިފާއުކޮށްދިނުން
ނިދުމުގެ ކުރިން ދަތް އުނގުޅުމަކީ ދަތް ހަލާކުވުމުން ހުއްޓުވުމަށް އެންމެ މުހިންމު އެއް ކަމެވެ. ދުވަހުގެ އެކި ވަގުތު، ތަފާތު ބާވަތްތަކުގެ ކާނާއާއި ބުއިންތައް ބޭނުންކުރުމުން، ކާނާގެ ކުދިކުދި ބައިތައް ދަތްތަކުގައި ހަރުލާފައި ހުރެއެވެ. މިތަކެތި އަނގައިގައި ހުންނަނަމަ އަނގައިގައި ހުންނަ ޖަރާސީމުތައް މިތަކެތި ބޭނުން ކޮށްގެން އެސިޑު އުފައްދައެވެ. މި އެސިޑްގެ ސަބަބުން ދަތްތަކުގެ މަތީގައި ހުންނަ އެނަމެލް ފަށަލަ ހަލާކުކޮށް، ދަތް ހަލާކުވުމަށް މަގުފަހިކުރެއެވެ. ޚާއްސަކޮށް ނިދާ ވަގުތުގައި އަނގަ ތެތްކޮށްދިނުމަށް އެހީތެރިވާ ކުޅު، އާދައިގެ ވަގުތުތަކަށްވުރެ މަދުން އުފެދޭތީ، މިކަމުގެ ނުރައްކާ އިތުރުވެއެވެ. އެހެންކަމުން، ނިދުމުގެ ކުރިން ދަތް އުނގުޅުމުން ދަތްތަކުގައި ތަތްލާފައި ހުންނަ ކާނާގެ ބައިތަކާއި ބެކްޓީރިއާތައް ސާފުވެ، ދަތް ހަލާކުވުމުގެ ފުރުސަތު ކުޑަވެއެވެ.
މޭބޮޑުވުން ހުއްޓުވައިދިނުން
ނިދުމުގެ ކުރިން ދަތް އުނގުޅުމަކީ މޭބޮޑުވުންވެސް ހުއްޓުވައިދޭ ކަމެކެވެ. ދުވާލު ތަފާތު ބާވަތްތަކުގެ ކާނާ ބޭނުންކުރުމަށްފަހު، ދަތް އުނގުޅައިގެން ދަތްތައް ސާފުނުކޮށް ނިދުމުން، އަނގައިގެ ތެރޭގައި ހުންނަ ޖަރާސީމުތަކަށް ކާނާގެ ބައިތައް ފަސޭހައިން ލިބެއެވެ. މި ޖަރާސީމުތައް ކާނާގެ ބާވަތްތައް ބޭނުންކޮށްގެން ގޭސްތައް އުފައްދައެވެ. ޚާއްސަކޮށް ރޭގަނޑު ނިދާ ވަގުތުގައި އަނގައިގެ ތެރޭގައި ކުޅު އުފެދޭ މިންވަރު މަދުވެ، އަނގަ ހިކެން ފަށައެވެ. މިކަމުގެ ސަބަބުން ޖަރާސީމުތައް އިތުރަށް ގިނަވެ، ހެނދުނު ހޭލާއިރު މީހާ މޭބޮޑުވެފައި ހުރެއެވެ.
ހިރުގަނޑު ރައްކާތެރިކޮށްދިނުން
ހިރުގަނޑުގެ ސިއްހަތު ދެމެހެއްޓުމަށްޓަކައި ވެސް ނިދުމުގެ ކުރިން ދަތް އުނގުޅުން ވަރަށް މުހިންމެވެ. ދަތްތަކުގައި ހަރުލާފައި ހުންނަ 'ޕްލޭގް' ނުވަތަ ޖަރާސީމު ފަށަލަ ދިގުމުއްދަތަކަށް ސާފުނުކޮށް ހުންނަނަމަ އޭގެ ސަބަބުން ހިރުގަނޑަށް އަސަރު ކުރެއެވެ. މިކަމުގެ ސަބަބުން ހިރުގަނޑު ދުޅަވެ، ހިރުގަނޑުން ލޭ އައުން ފަދަ މައްސަލަތައް ދިމާވެއެވެ. ރޭގަނޑު ދަތް ސާފުކުރުމުން ދަތުގެ ބުޑުގައި ހުންނަ "ޕްލޭގް" ސާފުވެ ހިރުގަނޑުގެ ބަލިތަކުން ކީހާ ރައްކާތެރިކޮށްދެއެވެ.

ކިޔުންތެރިންގެ ހިޔާލު