މިހާރު އެންމެ ގަދައަށް ދެކެވޭ ވާހަކަ އަކީ އަންނަ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހު އިދިކޮޅު އެމްޑީޕީން ސަރުކާރާއި ދެކޮޅަށް ރާވާ މުޒާހަރާގެ ވާހަކައެވެ. އެމްޑީޕީން ބުނާގޮތުގައި މި ސަރުކާރު އައިފަހުން ދައުލަތުގެ ތެރެއިން ވައްކަމާއި ކޮރަޕްޝަނުގެ އަޑުތައް ވަނީ ބޮޑުތަނުން އިތުރުވެފައެވެ. އަދި ސަރުކާރުގެ ދޮގާއި މަކަރު ހެދުން ޢާންމުވެ، ރައްޔިތުންގެ ކަންބޮޑުވުންތައް ދަނީ ބޮޑުވަމުންނެވެ.
އެތައް ދުވަހެއްގެ ގިނަގުނަ މަސައްކަތުން އެމްޑީޕީން ރައްޔިތުންނަށް ހޯދައިދިން ބަސް ބުނުމުގެ މިނިވަންކަމާއި އެނޫންވެސް އެތައް ޙައްޤަކަށް މިހާރުގެ ސަރުކާރުން އަރައިގަނެ ނިގުޅައިގަންނަމުން އަންނަ ކަމަށް އެޕާޓީން ދެކެއެވެ. މީގެ އިތުރުން ގިނަ ވިޔަފާރިތައް ބަނގުރޫޓްވެ، އިޤްތިޞާދީ ހާލަތުވެސް ގޯސްވަމުން އަންނަ ކަމަށް އެމްޑީޕީން ފާހަގަކުރެއެވެ. ހަމައާއެކު ނިމިދިޔަ ސަރުކާރުން ކުރިއަށް ގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫޢު ތަކުން ދޫކޮށްފައިވާ 4000 ފުލެޓް ނުދޭން އެކި ބަހަނާތައް ދެއްކުމަށްފަހު ދޫނުކޮށް ހިފެހެއްޓުމަކީ އެޕާޓީގެ ކަންބޮޑުވުމެކެވެެ.
މިކަންކަމާއި ގުޅިގެން، އަންނަ މަހުގެ 3 ވާ ހުކުރު ދުވަހުގެ ހަވީރު، އާޓިފިޝަލް ބީޗުގައި "ލޫޓުވައިފި" ނަމުގައި ބޮޑު އިހުތިޖާޖެއް ބޭއްވުމަށް އެމްޑީޕީން ދަނީ ތައްޔާރުވަމުންނެވެ. މީގެ ވޯމްއަޕް ޕިކަޕު ބުރުތަކާއި އެއްވުންތައް މާލޭގައި މިހާރު ވެސް ވަނީ ފަށާފައެެވެ.
މި ސުލްހަވެރި އެއްވުމަށް ތައްޔާރުވުމުގެ ގޮތުން، އެމްޑީޕީގެ މާލެ ދާއިރާގެ ގައުމީ މަޖިލިސް މެންބަރުންނާއި، ޓީމްތަކާއި އެކު ބައްދަލުވުންތައް ބާއްވައި، ހިޔާލު ބަދަލުކުރުމުގެ އިތުރުން މުޒާހަރާގެ ޕޯސްޓަރުތައް ހެދުމާއި ބެނާތައް ހެދުމުގެ މަސައްކަތް ކޮންމެ ރެއަކު ވެސް ކުރެއެވެ.
އެމްޑީޕީން ބުނަނީ މިކަހަލަ ކޮންމެ ދަނޑިވަޅެއްގައި ރައްޔިތުންގެ ޙައްޤުގައި ކުރަން ޖެހުނު ކޮންމެ މަސައްކަތެއްވެސް ފިސާރި ޖޯޝާއި ހިތްވަރާއެކު ކުރާނެ ކަމަށެވެ. އަދި މިހާރުގެ ސަރުކާރު ހަމަމަގަށް އެޅުވުމަށްޓަކައި، އޮކްޓޯބަރު 3 ވާ ހުކުރު ދުވަހުގެ ހަވީރު އާޓިފިޝަލް ބީޗުގައި ބާއްވާ މި ސުލްހަވެރި އިހުތިޖާޖުގައި އެމްޑީޕީއާއެކު ނިކުމެ ބައިވެރިވުމަށް ރައްޔިތުންނަށް ގޮވާލާފައިވެއެވެ. އެމްޑީޕީން ނިންމާފައިވަނީ އެޕާޓީން ބޭނުންވާ ނަތީޖާ ނެރެ ސަރުކާރަށް ރައްޔިތުންގެ އަޑު އިވެންދެން މުޒާހަރާތައް ކުރިއަށް ގެންދާށެވެ.

ކިޔުންތެރިންގެ ހިޔާލު