ރައީސްގެ ނިންމެވުމާއި އެއްގޮތަށް އަސާސީބާވަތް ތަކުގެ ތަރޭގައި ހިމެނޭ ހަނޑޫ، ހަކުރު އަދި ފުށުގެ ތެރެއަށް އިތުރުވެގެންއައި 10 ބާވަތުގެ މޭވާ، 10 ބާވަތުގެ ތަރުކާރީ، ކާށި، މުގު، އަދި ކުކުޅުބިސް ހެޔޮއަގުގައި ލިބޭނެ މަގުފަހިވެގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ތަރުކާރީ، މޭވާ އަދި އެހެނިހެން އަސާސީ ބާވަތްތައް ހިމެނޭ ގޮތަށް 23 ބާވަތެއްގެ މުދާ ރާއްޖެއަށް ފުޅާ ދާއިރާއެއްގައި އިމްޕޯޓްކޮށް ވިއްކަން ސަރުކާރުން ހަވާލުކޮށްފައިވަނީ އެސްޓީއޯއާ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މިނިސްޓަރު ސަޢީދު ވިދާޅުވީ، ތަރުކާރީ އާއި މޭވާ އަދި އެހެން ބައެއް ތަކެތި ހިމެނޭހެން 23 ބާވަތެއް ރާއްޖެއަށް ފުޅާ ދާއިރާއެއްގައި އިމްޕޯޓްކޮށް ވިއްކަން އެސްޓީއޯއާ މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ. އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ޝިމާދު އިބްރާހީމާ އެކު ބޭއްވި މި ބައްދަލުވުމުގައި މިނިސްޓަރު ސަޢީދު ވަނީ އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން މޭވާ އާއި ތަރުކާރީ ލިބޭނީ އަގު ހެޔޮކޮށްކަން ތަކުރާރުކުރައްވާފައެވެ.
"އޮކްޓޯބަރު 15 އަކީ މި ދެންނެވި 23 ބާވަތް ރާއްޖޭން [އަގު ހެޔޮކޮށް] ލިބެން ހުންނާނެ ކަން އެސްޓީއޯއިން ޔަގީންކުރަން ޖެހޭނެ [ތާރީހު]. އެހެންވީމާ އެއީ މީގެ އަމާޒަކީ،" މިނިސްޓަރު ސަޢީދު ވިދާޅުވިއެވެ.
މިނިސްޓަރު ސަޢީދު ވިދާޅުވި ގޮތުގައި، އެސްޓީއޯއިން ގެންނަން ސަރުކާރުން ހަވާލުކުރި 23 ބާވަތުގެ ތެރެއިން އެއްވެސް ބާވަތެއްގެ އަގު، އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިންވެސް ރާއްޖޭގެ ބާޒާރުގައި ބޮޑުވާ ނަމަ، އެސްޓީއޯއިން އެ ބާވަތެއް ރާއްޖެއަށް ގެނެސް، ޢާންމުންނަށް ހެޔޮ އަގުގައި ލިބޭނެ މަގު ފަހިކޮށްދޭނެއެވެ.
މިނިސްޓަރު ސަޢީދު އިތުރަށް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާއި އެއްގޮތަށް، އަސާސީބާވަތްތަކުގެ ތެރޭގައި ހިމެނޭ ހަނޑޫ، ހަކުރު އަދި ފުށުގެ އިތުރަށް، 10 ބާވަތުގެ މޭވާ، 10 ބާވަތުގެ ތަރުކާރީ، އަދި ކާށި، މުގު، ކުކުޅުބިސް ހެޔޮ އަގުގައި ލިބޭނެ މަގު މިކަމުގެ ސަބަބުން ފަހިވެގެންދާނެ ކަމަށެވެ.
މިނިސްޓަރު ސަޢީދު ވަނީ މިކަމުގެ ސަބަބުން ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ލިބިގެންދާނެކަމަށް ވިދާޅުވެފައެވެ.
މީގެ ކުރިން އެއްވެސް ސަރުކާރަކުން ރާއްޖޭގައި އެންމެ ގިނައިން ބޭނުންކުރާ ކާބޯތަކެތީގެ ރިވިއުއެއް ހެދުމަށް އެކަށީގެންވާ މަސައްކަތްތަކެއްކޮށްފައިނުވާ ކަމަށް މިނިސްޓަރު ސަޢީދު ފާހަގަކުރެއްވިއެވެ. އޭގެ ސަބަބުން ހެޔޮ އަގުގައި ޢާންމުކޮށް ބޭނުންކުރާ ކާބޯތަކެތި ރައްޔިތުންނަށް ލިބުމުގައި ދަތިތައް ހުރިކަމަށް ވަޒީރު ވިދާޅުވިއެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒަކީ މިކަން ބަދަލުކޮށް، ހެޔޮ އަގެއްގައި ކާބޯތަކެތި ލިބޭނެކަން ޔަޤީންކުރުންކަމަށް ވަޒީރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ރާއްޖޭގައި ޢާންމުކޮށް ބޭނުންކުރާ ތަރުކާރީއާއި މޭވާގެ ލިސްޓު އަހަރަކު އެއް ފަހަރު ރިވިއުކުރާނެ ކަމަށެވެ. ރިވިއުކުރުމަށްފަހު އެތެރެކުރާނީ އެންމެ ގިނައިން ބޭނުންކުރާ 10 ބާވަތުގެ ކާބޯތަކެތީގެ ބާވަތްކަމަށް ވަޒީރު ވިދާޅުވިއެވެ.
"ރިވިއުކުރާނީ އަހަރުން އަހަރަށް. ނަމަވެސް އެއަށްވުރެ ކުރިންވެސް ރިވިއުކޮށްފާނެ. 10 ބާވަތުގެ މޭވާއާއި 10 ބާވަތުގެ ތަރުކާރީގެ އިތުރުންވެސް ހަނޑޫ، ހަކުރު ފުށާއި މުގު، ބިސް، އަލުވި އެތެރެކުރަމުންދާނީ. އަދި ބާޒާރުގައި އަގު ހެޔޮކޮށް ވިއްކަމުންދާނީ،" މިނިސްޓަރު ސަޢީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު