ސްރީލަންކާގެ ކުރީގެ ބައެއް ރައީސުން-
ސްރީލަންކާގެ ކުރީގެ ބައެއް ރައީސުން-
އަވައްޓެރި ސްރީލަންކާގެ ކުރީގެ ރައީސުންނަށް ދައުލަތުން ދެމުންދާ އިނާޔަތްތައް އުނިނުކުރުމަށް ހުށަހަޅާފައިވާ ބިލް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފިއެވެ.

މަޖިލީހުން މި ބިލް ފާސްކުރީ އެންމެ މެމްބަރެއް ފިޔަވައި ދެންތިބި މެމްބަރުންގެ ފުރިހަމަ ތާއީދު ލިބިގެންނެވެ.

އެގައުމުގެ މަޖިލީހުން މި ބިލް ފާސްކުރުމުން ސްރީލަންކާގެ މާލިއްޔާއިން ކުރީގެ ރައީސުންގެ ދިރިއުޅުމަށް ދޭ އިނާޔަތްތަކުގެ ތެރެއިން ބޮޑުބައެއް ނިމުމަކަށް އަންނާނެއެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ ކުރީގެ ރައީސުން ދިރިއުޅުމަށް ދެއްވާފައިހުރި ގެތަކުން އެބޭފުޅުން ނިކުންނަން ޖެހުމެވެ. މީގެ އިތުރުން އެބޭފުޅުންގެ ދަތުރުފަތުރަށް މިހާރު ކުރަމުން އަންނަ ހޭދަތަކާއި އޮފީސްތައް ހިންގުމަށް ދެމުން އަންނަ އިނާޔަތްތައްވެސް އުނިވެގެންދާނެއެވެ.

ކުރީގެ ރައީސުންގެ ދިރިއުޅުއްވުމުގެ ހަރަދުތަކަށް މިހާރުވެސް އެޤައުމުގެ މާލިއްޔަތުން ބިލިއަނަށްވުރެ ގިނަ ރުޕީސް ހޭދަވާކަމަށް ސްރީލަންކާގެ ސަރުކާރުން ވަނީ ބުނެފައެވެ.

ފާސްކުރި ބިލުގެ ސަބަބުން ކުރީގެ ރައީސުންނަށް ކުރަމުންއައި ހޭދަތައް ދައުލަތުގެ ބަޖެޓްގައި ހިފެހެއްޓި އަދި އެބޭފުޅުން ދިރިއުޅުއްވަމުން އައި ގެކޮޅުތައް އުފެއްދުންތެރިގޮތުގައި ކުއްޔަށް ދެވިގެންދާނޭކަމަށް ލަންކާ ސަރުކާރުން ވަނީ ބުނެފައެވެ.

ކުރީގެ ރައީސުންގެ ދިރިއުޅުއްވުމުގެ ހަރަދުތަކުން ބޮޑުބައެއް ފާސްކުރި ބިލާއެކު އުނިވެގެން ދިޔަނަމަވެސް ރައީސުންނަށް ޤާުނޫނީގޮތުން ލިބިދޭ ޕެންޝަނުގެ ފައިސާ ކުރިއެކޭ އެއްގޮތަށް ލިބެމުންދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް