"ލޫޓުވާލައިފި" އިހުތިޖާޖު ޕްރޮމޯޓު ކުރުމަށް ދޮރުން ދޮރަށް-
"ލޫޓުވާލައިފި" އިހުތިޖާޖު ޕްރޮމޯޓު ކުރުމަށް ދޮރުން ދޮރަށް-
އިދިކޮޅު އެމްޑީޕީން ބޭއްވުމަށް ތައްޔާރުވަމުން އަންނަ "ލޫޓުވާލައިފި" ހަރަކާތް ޕްރޮމޯޓު ކުރުމުގެ ގޮތުން މާލެ ސަރަހައްދުގައި ދޮރުން ދޮރަށް ޒިޔާރަތް ކުރަން ފަށައިފިއެވެ.

އެމްޑީޕީން ބުނާގޮތުގައި މި ސަރުކާރު އައިފަހުން ދައުލަތުގެ ތެރެއިން ވައްކަމާއި ކޮރަޕްޝަނުގެ އަޑުތައް ވަނީ ބޮޑުތަނުން އިތުރުވެފައެވެ. އަދި ސަރުކާރުގެ ދޮގާއި މަކަރު ހެދުން ޢާންމުވެ، ރައްޔިތުންގެ ކަންބޮޑުވުންތައް ދަނީ ބޮޑުވަމުންނެވެ.

އެތައް ދުވަހެއްގެ ގިނަގުނަ މަސައްކަތުން އެމްޑީޕީން ރައްޔިތުންނަށް ހޯދައިދިން ބަސް ބުނުމުގެ މިނިވަންކަމާއި އެނޫންވެސް އެތައް ޙައްޤަކަށް މިހާރުގެ ސަރުކާރުން އަރައިގަނެ ނިގުޅައިގަންނަމުން އަންނަ ކަމަށް އެޕާޓީން ދެކެއެވެ.



"ލޫޓުވާލައިފި" ޕްރޮމޯޓު ކުރުމުގެ ތެރެއިން


މީގެ އިތުރުން ގިނަ ވިޔަފާރިތައް ބަނގުރޫޓްވެ، އިޤްތިޞާދީ ހާލަތުވެސް ގޯސްވަމުން އަންނަ ކަމަށް އެމްޑީޕީން ފާހަގަކުރެއެވެ.

ހަމައާއެކު ނިމިދިޔަ ސަރުކާރުން ކުރިއަށް ގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫޢު ތަކުން ދޫކޮށްފައިވާ 4000 ފުލެޓް ނުދޭން އެކި ބަހަނާތައް ދެއްކުމަށްފަހު ދޫނުކޮށް ހިފެހެއްޓުމަކީވެސް އެ ޕާޓީގެ ކަންބޮޑުވުމެކެވެ.



"ލޫޓުވާލައިފި" ޕްރޮމޯޓު ކުރުމުގެ ތެރެއިން


މިކަންކަމާއި ގުޅިގެން، އަންނަ މަހުގެ 3 ވާ ހުކުރު ދުވަހުގެ ހަވީރު، އާޓިފިޝަލް ބީޗުގައި "ލޫޓުވައިފި" ނަމުގައި ބޮޑު އިހުތިޖާޖެއް ބޭއްވުމަށް އެމްޑީޕީން ދަނީ ތައްޔާރުވަމުންނެވެ.

މި ހަރަކާތް ޕްރޮމޯޓު ކުރުމުގެ ގޮތުން އެމްޑީޕީން މިއަދު ވަނީ މާލެ ސަރަހައްދުގައި "ޑޯރް ޓު ޑޯރް" ކެމްޕޭނެއް ފަށާފައެވެ.



"ލޫޓުވާލައިފި" ޕްރޮމޯޓު ކުރުމުގެ ތެރެއިން


އެ ޕާޓީން ބުނީ ސަރުކާރުން ރައްޔިތުންގެ މިނިވަންކަމަށް އަރައިގަނެ، ގައުމުގައި ކޮރަޕްޝަން ހިންގައި، އިގްތިސާދު ނުރައްކަލުގެ ތެރެއަށް ވައްޓަމުން ދާއިރު، އެ ޕާޓީން މަސައްކަތް ކުރަމުންދާނީ ރައްޔިތުންނާ ވީހާވެސް ގާތުންކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު