ރައްޔިތުންގެ މަޖިލީހުން ފާސްކުރި މީޑިޔާ ކޮންޓްރޯލް ބިލަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާ ދެކޮޅަށް ސަރުކާރުން އިޢުލާންކޮށްފައިވާ ހަނގުރާމައެއް ކަމުގައި އެމްޑީޕީގެ ރައީސް، ސިފަކުރައްވައިފިއެވެ.
ވެރިކަން ކުރާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން ނޫސްވެރިންނާއި އިދިކޮޅު ފަރާތްތަކުން މުޒާހަރާ ކޮށް އެބިލާ މެެދު ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުންދަނިކޮށް ބައެއް އިސްލާހުތަކާއެކު މީޑިއާ ބިލް މިއަދު ވަނީ ފާސްކޮށްފައެވެ.
މީޑިއާ ބިލާ ގުޅޭގޮތުން އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަރުކާރުން މިއަދު ބާރުގެ ބޭނުންކޮށްގެން މީޑިއާ ބިލް ފާސްކޮށް، މިނިވަންކަމުގެ މައްޗަށް ބިރުވެރިކަން އިސްކޮށްފައިވާ ކަމަށެވެ. މިކަން ޝާހިދު ސިފަކުރައްވާފައިވަނީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާ ދެކޮޅަށް ހަނގުރާމަ އިޢުލާންކުރުން ކަމުގައެވެ. އަދި ނޫސްވެރިންގެ އަޑު މަޑުކުރަން މަސައްކަތްކުރާ ސަރުކާރަކީ ޙަޤީޤަތާ ކުރިމަތިލާން ނުކެރޭ ސަރުކާރެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.
"ޤައުމަށް ދިމާވެފައިވާ މައްސަލަތައް ޙައްލުކުރުމުގެ ބަދަލުގައި، ސަރުކާރުން މަސައްކަތް ކުރަމުންދަނީ، ސަރުކާރު ޖަވާބުދާރީކުރުވާ އަޑުތައް މަޑުކުރުމަށް،" ޝާހިދު ވިދާޅުވިއެވެ.
މީގެ އިތުރުން ޝާހިދު ވަނީ މިނިވަން މީޑިއާއާއެކު އެމްޑީޕީ ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. ކުރީގެ ސަރުކާރުތަކުން މީޑިއާތައް ހުއްޓުވަން މަސައްކަތްކުރުމުން ނަތީޖާ ނުކުތްގޮތް ވަރަށް ސާފުކަމަށް ޝާހިދު ވިދާޅުވިއެވެ. ދުނިޔޭގެ ތާރީޚަށް ބަލާއިރު، މީޑިއާތަކުގެ އަޑު ކަނޑުވާލަން އުޅުނު އެއްވެސް ސަރުކާރެއްގެ ނިމުން ރަނގަޅު ނޫން ކަމަށް ޝާހިދު ވިދާޅުވިއެވެ.
މިއަދު ބިލް ފާސްކުރަން ބޭއްވި ޖަލްސާގައި އެމްޑީޕީގެ މެންބަރުން އިހުތިޖާޖު ކުރުމުން، އޭގެ ތެރެއިން ބައެއް މެންބަރުންގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން ވެސް ވަނީ ނެރެފައެވެ.
އެ ބިލް މިއަދު ފާސްކުރީ 60 މެންބަރުންގެ ވޯޓުންނެވެ. ބިލާ ދެކޮޅަށް ވޯޓު ދެއްވި ހަމައެކަނި މެންބަރަކީ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސެވެ.
އެ ބިލް ފާސްކުރި ފަހުން ވެސް ގިނަ އަދަދެއްގެ ނޫސްެވެރިންނާއި އެމްޑީޕީން އަންނަނީ ހުއްޓުމެއް ނެތި މުޒާހަރާކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު