ރާއްޖޭގައި ސިއްހީ ހިދުމަތްދޭ ތަންތަނާއި އެތަންތަނުގައި ދިނުމަށް ހުއްދަ ދީފައިވާ ސިއްހީ ހިދުމަތްތަކުގެ މައުލޫމާތު އެއްވިއުގައަކުން ބެލޭގޮތައް ހާއްސަ ސޮފްޓްވެއާ އިފްތިތާހުކޮށްފިއެވެ.
މިސޮފްޓްވެއާ އިފްތިތާހުކޮށްދެއްވީ، ދުނިޔޭގެ ބަލިމީހުންގެ ރައްކާތެރިކަމަށް މަސައްކަތްކުރާ ދުވަހުގެ ޖަލްސާގައި، ރައީސްގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު އެވެ.
ހެލްތު އެސްޓެބްލިޝް މެނޭޖްމަންޓް ސިސްޓަމް (ހެމްސް) އަކީ ސިއްހީ ހިދުމަތްތަކާ ގުޅޭ ސައްހަ މައުލޫމާތު ބަލިމީހުންނާއި ރައްޔިތުންނަށް ލިބޭނެ ނިޒާމެކެވެ. މި ސިސްޓަމްގައި ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ސިއްހީ ހިދުމަތްދޭ ތަންތަނާއި، އެތަންތަނުގައި މަސައްކަތްކުރާ ފަންނުވެރިންނަކީ ކޮބައިކަމާއި އެތަންތަނުގައި ދިނުމަށް ހުއްދަ ދީފައިވާ ސިއްހީ ހިދުމަތްތަކުގެ މައުލޫމާތު ބަލާލެވޭނެއެވެ.
ޕޭޝަންޓް ސޭފްޓީ ދުވަހުގެ ޖަލްސާގައި ވަނީ ބައިނަލްއަގްވާމީ ސިއްހީ ޖަމިއްޔާއެއްކަމަށްވާ ޖޮއިންޓް ކޮމިޝަން އިންޓަނޭޝަނަލް ޖޭސީއައިގެ ޕޭޝަންޓް ސޭފްޓީ ޕާތްވޭ ރާއްޖޭގެ 3 ހޮސްޕިޓަލެއްގައި ގާއިމުކުރުމަށްވެސް އިއުލާނުކޮށްފައެވެ.
މިއީ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ މިންގަނޑަށް، ބަލިމީހުންގެ ރައްކާތެރިކަން ކަށަވަރުކުރާކަން ދެނެގަތުމުގެ ބެސްޓް ޕްރެކްޓިސްތައް ތަންފީޒުކުރޭކަން ކަށަވަރުކުރާ ނިޒާމެކެވެ. ސޭފްޓީ ޕާތްވޭ ގާއިމުކުރާ 3 ހޮސްޕިޓަލަކީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، ދަރުމަވަންތަ ހޮސްޕިޓަލް އަދި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލެވެ.
މީގެއިތުރުން "ޖޭސީއައި ޕޭޝަންޓް ސޭފްޓީ ޗެމްޕިއަންސް" ތަމްރީންކުރުމުގެ މަސައްކަތްވެސް ވަނީ މިއަދުގެ ޖަލްސާގައި އިފްތިތާހުކޮށްފައެވެ. މިއީ ސިއްހީ ނިޒާމުގައި ބަލިމީހުންނަށް ބޭނުންވާ އަޅާލުމާއި އޯގާތެރިކަމާއި އެމީހުންނަށް ދޭންޖެހޭ ރައްކާތެރިކަން ދޭކަން ކަށަވަރުކުރުމަށް މަސައްކަތްކުރުމަށް ކުރީ ސަފުގައި މަސައްކުރުމަށް ތަމްރީންކުރާ 7 ޗެމްޕިއަނުންނެވެ. މި ފަރާތްތައް މެދުވެރިކޮށް، މުޅި ރާއްޖޭގެ ހޮސްޕިޓަލްތަކާއި ސިއްހީ ހިދުމަތްދޭ ތަންތަނުގެ މުވައްޒަފުން ތަމްރީންކުރާނެއެވެ.
މިފަހަރުގެ ޕޭޝަންޓް ސޭފްޓީ ދުވަހުގެ ޝިއާރަކީ، އަލަށް އުފަންވާ ކުދިންނާއި ކުޑަކުދިންނަށް ރައްކާތެރިކަމާ އަޅާލުން ފޯރުކޮށްދިނުމެވެ. މި ޝިއާރުގެދަށުން ޕެނަލް ޑިސްކަޝަނެއް ވަނީ ކުރިއަށްގެންގޮސްފައެވެ. މި ޕެނަލްގައި ވަނީ މާބަނޑު ދުވަސްވަރު ރައްކާތެރިވާންޖެހޭ ކަންތައްތަކާއި، އަލަށް އުފަންވާ ކުދިންނާއި ކުޑަކުދިންނަށް ސިއްހީ ފަރުވާ ދިނުމުގައި ސަމާލުވާންވީ ކަންކަމާ ގުޅޭ މުހިންމު މައުލޫމާތުތައް ހިއްސާކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު