މީޑިޔާ ކޮންޓްރޯލް ބިލް ތަސްދީގުކުރިއަސް އެގާނޫނަށް އަމަލެއް ނުކުރާނެ ކަމަށް މޯލްޑިވިސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ބުނެފިއެވެ.
ބިލު ފާސްކުރެވުމާ ގުޅިގެން އެމްޖޭއޭ އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ޖަމްޢިއްޔާގެ ރައީސް އަޙްމަދު ނާއިފް ވިދާޅުވީ، އެ ބިލު ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރެއްވި ނަމަވެސް، އެ ގާނޫނަށް ޢަމަލުނުކުރާނެ ކަމަށެވެ. ނާއިފް ވަނީ އެ ބިލު ތަޞްދީޤު ނުކުރައްވައި އަނބުރާ މަޖިލީހަށް ފޮނުއްވުމަށް ރައީސް މުޢިއްޒަށް ގޮވާލައްވާފައެވެ. އޭނާ ވިދާޅުވީ މީޑިޔާ ކޮންޓްރޯލް ބިލާއި ދެކޮޅަށް ކުރަންޖެހޭ ހުރިހާ ކަމެއް އެ ޖަމިއްޔާ އިން ކުރާނެ ކަމަށެވެ. އެގޮތުން އެބިލާ ދެކޮޅަށް ކުރިއަށް އޮތްތާގައި އިތުރު ހަރަކާތްތަކާއި އިހްތިޖާޖްތައް ކުުރިއަށް ގެންދާނެ ކަަމަށް ނާއިފް ވިދާޅުވިއެވެ.
މީގެ އިތުރުން ނާއިފް ވިދާޅުވީ، ރައްޔިތުންގެ އަސާސީ ޙައްޤުތައް މިފަދައިން ނިގުޅައިގަތުމަކީ އެމްޖޭއޭ އިން ޢާންމު ގޮތެއްގައި ޤަބޫލުކުރާނެ ކަމެއް ނޫން ކަމަށެވެ. އަދި ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ޙައްޤުތައް މަޖިލީހުން މިހާ ފަސޭހައިން ހަނިކުރަމުންދާ ހަނިކުރުމަށް ތާއީދު ނުކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޚާއްޞަކޮށް ނޫސްވެރިކަމުގެ މިނިވަންކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އަދި ރައްޔިތުންނަށް މަޢުލޫމާތު ލިބިގަތުމުގެ ޙައްޤުން އެ ރައްޔިތުން މަޙްރޫމުކުރަމުންދާއިރު، އެކަމާމެދު އިޙްތިޖާޖު ކުރައްވާނެ ކަމަށްވެސް ނާއިފް ވިދާޅުވިއެވެ.
މި ބިލު ފާސްކުރެވިފައިވަނީ ނޫސްވެރިން އެދުނު އިޞްލާޙުތައް ގެނެސްގެން ކަމަށް ސަރުކާރުން ބުނި ނަމަވެސް ނާއިފް ވަނީ އެ ވާހަކަތައް ދޮގުކުރައްވާފައެވެ. އެމްޖޭއޭ އާއި ގިނަ ނޫސްވެރިން ވެސް މީޑިއާތައް ރެގިއުލޭޓް ކުރުމަށް އޮންނަންވާނީ އަމިއްލަ ރެގިއުލޭޓަރީ ނިޒާމެއް ކަން ފާހަގަކުރައްވައި ނާއިފް ވިދާޅުވީ މި ބިލާއެކު ރާއްޖޭގައި މިހާރު ޤާއިމުވެފައިވާ އަމިއްލަ ރެގިއުލޭޓަރީ ނިޒާމު އެއްކޮށް އުވިގެންގޮސް، ސަރުކާރުގެ ބާރާއި ނުފޫޒު އޮންނަ ނިޒާމެއް އުފެދިގެންދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު