ރައްޔިތުންގެ ފައިސާއިން ހަރަދުކޮށްގެން ރައީސް ކުރައްވާ އިސްރާފުގެ ދަތުރުތައް މިހާރުން މިހާރަށް ހުއްޓާލެއްވުމަށް ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ގޮވާލައްވައިފިއެވެ.
އައްބާސް މިކަމަށް ގޮވާލެއްވީ ގައުމުގެ އަދުގެ ހާލަތު ބަޔާން ކުރަމުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން އައްބާސްގެ ޕޯސްޓުގައި ވިދާޅުވީ ރައްޔިތުން ބޭސްފަރުވާ އަށް ސަލާންޖެހުން އިތުރު ވަމުންދާ ކަމަށެވެ. އަދި މިކަން އާންމުވެފައި ވަނީ ރާއްޖެއިން ބޭސްފަރުވާ ކުރެވޭ ބަލިތަކަށް ރާއްޖެއިން ބޭރުގައި އާސަންދަ ނުލިބޭ ގޮތް ހެދުމުން ކަމަށް އައްބާސް ވަނީ ވިދާޅުވެފައެވެ.
މި ސަބަބާހުރެ ސާޖަރީތައް ހަދަން ޖެހެނީ އޭޑީކޭ ނޫނީ ޓްރީޓޮޕް ހޮސްޕިޓަލުން ކަމަށާއި، އެތަންތަނަށް ގިނަ އަދަދެއްގެ ފައިސާ ދައްކަން ޖެހޭ ކަމަށް އައްބާސް ފާހަގަކުރެއްވިއެވެ. އޭގެ ސަބަބުން ރައްޔިތުން ބޭސްފަރުވާއަށް ސަލާން ޖަހަން ޖެހޭވަރު އިތުރުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ކުރިން އާސަންދައިން ލިބުނު އެތަށް ބޭހެެއް މިހާރު އާސަންދައިން ނުލިބުމުގެ ޝަކުވާ ބޮޑުވެފައިވަނީ.. ރަށްރަށުަގައި ހުރި އެސްޓީއޯގެ ފާމަސީތަކުން އާންމުކޮށް ބޭނުންކުރާ ބޭސްތައް ކުރިން ލިބުނު ނަމަވެސް މިހާރު ނުލިބުން ވަނީ އާންމުވެފައި.. މީގެ ސަބަބުން މިދިޔަ 10 ވަރަކަށް އަހަރު ތެރޭގައި ލިބެމުންދިޔަ އެތަކެއް ހިދުމަތްތަކެއް ހުއްޓި މިހާރު ބޭސްފަރުވާ އަށް ރައްޔިތުން ސަލާން ޖެހުން އިތުރުވެ ރައްޔިތުން ގޮތްހުސްވާ ދަރަޖައަށް ގޮސްފައިވަނީ." އައްބާސް ވިދާޅުވިއެވެ.
ގައުމުގެ ހާލަތު މިހާ ގޯސްވެފައިވާއިރު، ރައްޔިތުންގެ ހިޔާލު ހޯދަން ކަމަށް ވިދާޅުވެ ރައީސް ޑރ. މުހައްމަދު މުއިއްޒު ރަށްރަށަށް ދަތުރުތައް ކުރައްވަމުންދާތީ އައްބާސްވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ރައްޔިތުންގެ ފައިސާއިން ހަރަދުކޮށްގެން މުޅި ކެބިނެޓާއި، ކުންފުނިތަކުގެ ވެރިން ގޮވައިގެން ސިޔާސީ ބޭނުމަށް ކުރާ މިފަދަ އިސްރާފުގެ ދަތުރުތައް ހުއްޓާލުމަށް އައްބާސް ވަނީ ގޮވާލައްވާފައެވެ.
"އަޅުގަނޑު އެދެނީ ރައްޔިތުންނަށް އޮޅުވާލުމަށްޓަކައި މުޅި ކެބިނެޓާއި، ކުންފުނިތަކުގެ ވެރިން ގޮވައިގެން ސިޔާސީ ބޭނުމަށް ރައްޔިތުންގެ ފައިސާއިން ހަރަދުކުރައްވައިގެން އިސްރާފު ދަތުރުތައް ކުރެެއްވުން މިހާރުން މިހާރައް ހުއްޓާލެއްވުން." އައްބާސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު