ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު، އަލީ އާޒިމް، ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް އަމާޒުކޮށް ސީރިއަސް ތުހުމަތުތަކެއް ކުރައްވައި، ގިނަ ސުވާލުތަކެއް ކުރައްވައިފިއެވެ.
މި ސުވާލުތައް އާޒިމް ކުރައްވާފައިވަނީ މިއަދު އެކްސް (ކުރިން ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
އާޒިމްގެ ޕޯސްޓުގައި ރައީސް މުޢިއްޒަށް ސީދާކޮށް ގޮވާލައްވައި ވިދާޅުވެފައިވަނީ، ބައެއް ސީރިއަސް ސުވާލުތަކަށް އަދިވެސް ޖަވާބު ނުލިބިވާކަމަށެވެ. އެގޮތުން އާޒިމް ވަނީ ރައީސް މުޢިއްޒުގެ ކިބައިން ބޮޑު ތިން ސުވާލެއް ކުރައްވާފަ އެވެ.
ފުރަތަމަ ސުވާލަކީ "ދިމްޔާތުގައި 15 ބުރީގެ އިމާރާތެއް އެއްވެސް ބޭންކު ލޯނެއް ނެތި ކިހިނެއްތޯ އެޅުނީ؟" މި ސުވާލެވެ. ދެވަނަ ސުވާލެއްގެ ގޮތުގައި އާޒިމް ކުރައްވާފައިވަނީ، ރައީސް މުޢިއްޒު ވަޒީރުކަމުގެ ދައުރުގައި ހުންނެވި ފަހު ދެ އަހަރު ތެރޭގައި އެމަނިކުފާނުގެ ބޭންކު އެކައުންޓަށް 5 މިލިއަން ރުފިޔާ ވަންގޮތަކީ ކޮބައިތޯ އެވެ. ތިންވަނަ އަދި އެންމެ ފަހު ސުވާލަކީ "ނޫމަޑި" ޑީލުން ރައީސް މުޢިއްޒަށް އަމިއްލަ ގޮތުން ލިބުނު އަދަދަކީ ކޮބައިތޯ އެވެ.
އާޒިމް ވިދާޅުވީ، މި ސުވާލުތަކަށް ހާމަކަން ބޮޑު ގޮތެއްގައި ޖަވާބު ނުދެވޭހޭ ހިނދަކު، ދިވެހި ރައްޔިތުން ރައީސް މުޢިއްޒަށް ގޮވާނީ "ވައްކަމުގެ އަތްމައްޗަށް ލެނބިފައިވާ މީހެކޭ، ކޮރަޕްޝަނަށް އަރައިގަނެފައިވާ މީހެކޭ، އަދި ޑިކްޓޭޓަރެކޭ" ކަމަށެވެ. އަދި އެއީ ރައްޔިތުންގެ ޙައްޤެއް ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.
ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ރައީސް މުޢިއްޒު ވަނީ ގާތްގަނޑަކަށް އަށް އަހަރު ދުވަސް ވަންދެން ހައުސިން މިނިސްޓަރުކަމުގެ މަގާމު އަދާކުރައްވާފައެވެ. އޭގެފަހުން މާލޭ ސިޓީގެ މޭޔަރުކަން ވެސް މުޢިއްޒު ކުރެއްވިއެވެ. ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ އެމަނިކުފާނުގެ އަމިއްލަފުޅު ގެކޮޅު ދިމްޔާތު އިމާރަތްކުރެއްވީ އިސްލާމިކް ބޭންކުން ލޯނެއް ނަންގަވައިގެން ކަމަށެވެ.
ބައްޕަ ޝައިޚް އަބްދުއްރަހްމާން 2015 ގައި އަވަހަރާވިއިރު، 33 ކޮޓަރީގެ ބޮޑު ބިޒްނަސްއަކަށް ދިމްޔާތު ބަދަލުކުރެއްވި ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މޯލްޑިވްސް އިސްލާމިކް ބޭންކުން ނެންގެވި ލޯނުގެ ތަފުސީލު، ޝައުގުވެރިވާ މީހުންނަށް މިހާރު ވެސް ބެއްލެވޭނެ ކަމަށެވެ. ވަޒީރުކަމުގައި ހުންނެވިއިރާއި މޭޔަރުކަމުގަައި ނާޖާއިޒު ފައިދާއެއް ނަގާފައިނުވާނެކަމަށް ރައީސް މީގެ ކުރިން ވިދާޅުވިއެވެ.
"އެހެން މީހެއްގެ ފައިސާގައި ޖެހިގެން އަޅުގަނޑަށް ލިބޭނެ ހިތްހަމަޖެހުމެއް ނޯންނާނެ. އަޅުގަނޑު އަބަދުވެސް ގަބޫލުކުރާ ހަމައަކީ ރައްޔިތުންނަށް ހިދުމަތްދީފައި ގެއަށް އައިސް ހިތްހަމަޖެހިލައިގެން ނިދަންޖެހޭނެ. އަޅުގަނޑަކަށް ނުނިދޭނެ އެހެން މީހެއްގެ ހައްގަކަށް އަރައިގެންފައެއް." މިހާރު ނޫހަށް ދެއްވި އިންޓަވިއު އެއްގައި ރައީސް ވިދާޅުވިއެވެ.
ނޫމަޑި އެއްބަސްވުމާ ގުޅޭ މައްސަލައިގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މައްޗަށް ޞައްޙަނޫން ދޮގު މަޢުލޫމާތު ދިންކަމުގެ ދަޢުވާ ވެސް ދައުލަތުން މީގެ ކުރިން އުފުލާފައިވެއެވެ. މި ދަޢުވާ އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ 2019 ވަނަ އަހަރުގެ ޖޫން މަހުގެ 25 ވަނަ ދުވަހު، ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސް އޭޖީ ނަމަކަށް ކިޔާ ކުންފުންޏަކުން ދިވެހި ސަރުކާރާ ދެކޮޅަށް ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ޕަރމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ހުށަހަޅާފައިވާ މައްސަލައިގައެވެ. މި މައްސަލައިގައި އެ ކުންފުނީގެ ހެކިވެރިއެއްގެ ގޮތުގައި ޙަޤީޤަތާ ޚިލާފު ބަޔާނެއް ދެއްވާފައިވާ ކަމަށް ރައީސްގެ މައްޗަށް ތުހުމަތު ކުރެވުނެވެ. އެހެންނަމަވެސް އެ ދައުވާ ރައީސް މުޢިއްޒުގެ މައްޗަށް ސާބިތުވެފައެއް ނުވެއެެވެ.

ކިޔުންތެރިންގެ ހިޔާލު