މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން"ގެ ނަމުގައި ދައުލަތުގެ އޮފީހެއް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު އުފައްދަވައިފިއެވެ.
ރައީސް އޮފީހުން ބުނީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ގާނޫނުގެ ހަތަރުވަނަ މާއްދާގައިވާ ގޮތުގެ މަތިން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ އިދާރާ ރައީސް މިރޭ އުފައްދަވާފައިވާ ކަމަށެވެ. މި ކޮމިޝަނުގައި ތިއްބަވާނީ ނޫސްވެރިންގެ ތެރެއިން އިންތިހާބުކުރާ ހަތަރު މެންބަރުންނާއި ރައްޔިތުންގެ މަޖިލީހުން ރުހުން ދޭ ތިން މެންބަރުންނެވެ.
މަޖިލީހުން ފާސްކުރި މީޑިޔާ ރެގިއުލޭޝަން ބިލް ރައީސް އިއްޔެ ތަސްދީގު ކުރެއްވުމާއެކު މިހާރު އޮތް ބްރޯޑްކާސްޓިން ކޮމިޝަން އާއި މީޑިޔާ ކައުންސިލް ވަނީ އުވިގެން ގޮސްފައެެވެ. އެ ގާނޫނަށް އަމަަލުކުރަން ފެށުމުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ އިދާރީ މުވައްޒަފުންނާއި ވަސީލަތްތައް އެ ގާނޫނުގެ ދަށުން އުފައްދާ ކޮމިޝަނަށް ވާރުތަވި ނަމަވެސް، އެ ކޮމިޝަނުގެ މެންބަރުންގެ ވެސް މަގާމު މިހާރު ވަނީ ހުސްވެފައެވެ.
މީޑިޔާ ބިލް ރައީސް އިއްޔެ ތަސްދީގު ކުރެއްވީ، އިސްލާހުތަކާ އެކު އެ ބިލް ފާސްކުރި ނަމަވެސް ކަންބޮޑުވުންތަކަށް ހައްލެއް ނުލިބޭތީ ތަސްދީގު ނުކުރައްވަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ގޮވާލާފައިވަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު