އެންމެންގެ ދޫބަންދުކުރަން ސަރުކާރުން އުޅެނީ ވެރިކަން ހިމާޔަތްކުރަން ކަމަށް މަޝްހޫރު ދީނީ އިލްމްވެރިޔާ ޑރ. މުޙައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.
އިޔާޒް މިހެން ވިދާޅުވީ ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގަތުމަށް ކުރެއްވި ކެމްޕޭންގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގިނަ އަދަދެއްގެ އިންޑިޔާ ސިފައިން ތިބިކަމަށާއި އެކަމުގެ ސަބަބުން ރާއްޖޭގެ މިނިވަންކަން ގެއްލިފައިވާ ކަމަށް އެމަނިކުފާނު ކެމްޕޭން ތެރޭގައި ދެއްކެވި ވާހަކަފުޅު ހިއްސާކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގަތުމަށާއި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަން ނިމުމަކަށް ގެނައުމުގައި އެންމެ ބޮޑަށް ނެގީ އިންޑިޔާ ސިފައިން ރާއްޖޭގައި ބޭތިއްބުމުގެ މައްސަލައެވެ. މި ކަމަކީ ގިނަ ރައްޔިތުންގެ ކަންބޮޑުވުން އުފެދުނު، އަދި ޤައުމީ ސަލާމަތާއި މިނިވަންކަމާ ގުޅުންހުރި ނާޒުކު މައްސަލައެއްގެ ގޮތުގައި މިހާރު ސަރުކާރުގައި ތިބި އޭރު އިދިކޮޅު ޕީޕިއެމް ޕީއެންސީ އިން ގެންދިޔައީ ފާހަގަކުރަމުންނެވެ.
ދީނީ އިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، މިހާރުގެ ވެރިކަމަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކުރައްވައި ވިދާޅުވީ، އަމިއްލަ ވެރިކަން ހިމާޔަތްކުރުމަށްޓަކައި އެންމެންގެ ދޫބަންދުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ޑރ. އިޔާޒް ވިދާޅުވީ ގައުމުގައި ހިނގަމުން އައި ރީތިވެރިކަމެއް ވައްޓާލީ، އެބައިމީހުން ހެދި ދޮގުތަކުގެ އަވައިގައި ބަޔަކު ޖައްސައިގެންކަން ސަރުކާރަށް ޔަޤީންވާތީ މިހާރު އެންމެންގެ ދޫބަންދުކުރުވަން އުޅެނީ ވެސް އަމިއްލަ ވެރިކަން ޙިމާޔަތްކުރުމަށް ކަމަށެވެ.
މީގެ އިތުރުން، ދިވެހި ރައްޔިތުންނަށް އެބައިމީހުން ދިން ގެއްލުމުގެ ބަދަލު، ދެދުނިޔޭގައި ވެސް އެ ފަރާތްތަކަށް ދެއްކެވުން އެދި ޑރ. އިޔާޒް ވަނީ ދުޢާ ކުރައްވާފައެވެ.
އިޔާޒް އެ އިޝާރަތް ކުރަށްވަނީ މީޑިޔާ ތަކަށް ފިޔަވަޅު އެޅޭގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ނޫސްވެރިކަމާއި މީޑިއާ ކޮންޓްރޯލްކުރާ ބިލު ރައީސް ތަސްދީގުކުރައްވައި އެބިލް މިހާރު ގާނޫނަކަށްވެފައިވާތީ އެކަމަށެވެ.
މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގިނަ އަދަދެއްގެ ނޫސްވެރިން ދެކޮޅު ހަދަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން ޚާއްސަ ޖަލްސާއެއް ބާއްވައިގެންނެވެ.
ބިލު ފާސްކުރަން 60 މެންބަރުން ވޯޓުދެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު