އިނަރ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ފިރާގް
އިނަރ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ފިރާގް
ގިނަ ފަރާތްތަކަކުން ސަރުކާރާމެދު ނުރުހުން ފާޅުކުރަމުން ދަނީ އަރިހުގައި އުޅޭ ފަރާތްތަކުގެ ފަސްބައި ހަޑިކަމުން ކަމަށް އިނަރ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ފިރާގް ވިދާޅުވެއްޖެއެވެ.

ފިރާގް މިހެން ވިދާޅުވެފައި ވަނީ ސަރުކާރާމެދު މީހުން ނުރުހުންވާ ސަބަބު ހާމަކުރަމުން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

އެ ޕޯސްޓުގައި އޭނާ ވިދާޅުވީ ސަރުކާރުން ކުރާ ރަނގަޅު ކަންކަަންވެސް އެބަހުރި ކަމަށެވެ. އޭގެ މިސާލެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ ވޭޕް ބޭން ކުރުމާއި، މަސައްކަތެއް ނެތިފައިތިބި ޒުވާނުން ޤައުމީ ހިދުމަތަށް ނެރެން ސަރުކާރުން ކުރާ މަސައްކަތެވެ. މިފަދަ ކަންކަމަށް ތާއީދުކުރައްވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

"މަސައްކަތެއް ނެތި ގިނަވާ ޒުވާނުން ޤައުމީ ހިދުމަތަށް ނެރެން ކުރީ ސަރުކާރަށް ނުވިނަމަވެސް މި ސަރުކާރުން ތިކުރެއްވީ ހަމަ ރަނގަޅު ބަލައިގަނެވޭ ކަމެއް. އެކަމަކު ރަނގަޅު ހެޔޮ ނިޔަތުގާ ގިނަ ކަންކަން ކުރަންޖެހޭ،" ފިރާގް ވިދާޅުވިއެވެ.

ފިރާގް ވިދާޅުވީ ރައީސްގެ އަރިހުގައި ތިއްބަވާ ބޭފުޅުންގެ އަމިއްލަ އެދުމަށްވުރެ ގައުމީ ވިސްނުން ނެރެން ޖެހޭ ކަމަށެވެ. އަދި ކެރިގެން އިލްމީ ހެޔޮ މަޝްވަރާ ރައީސަށް ދެއްވަން ޖެހޭ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

"ގިނަ މީހުން ނުރުހެނީ އެފަދަ ފަރާތްތަކުގެ ފަސްބައި ހަޑިކަމުން," ރައީސްގެ އަރިހުގައި އުޅުއްވާ ބޭފުޅުންނަށް އިޝާރާތްކުރައްވައި ފިރާގް ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު