ފައިލު ނުކުތަސް ސަލާމަތެއް ނެތް ކަމަށާއި، ދޮގާއި ވައްކަމަކީ މި ގައުމުގެ 'ނިއު ނޯމަލް' ކަމަށް މަޝްހޫރު އިޤްތިޞާދީ މާހިރު، މުޙައްމަދު ނަސީމް (ނަފާ ނަސީމް) ވިދާޅުވެއްޖެއެވެ.
ނަފާ ނަސީމް މިހެން ވިދާޅުވެފައިމިވަނީ ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބުގެ ކުރީގެ ފޯނުން ކޮށްފައިވާ ކަމަށް ބުނާ މުޢާމަލާތްތަކެއް މީސްމީޑީއާގައި ލީކު ކޮށްލާފައިވާ ދަނޑިވަޅެއްގައެވެ. އެ މެސެޖުތަކުގައި ގިނަ ޢަދަދެއްގެ މަޢުލޫމާތުތަކެއް ހުރިއިރު އޭގައި އޭރާއި މިހާރުގެ ސިޔާސީ އަދި އެހެނިހެން ނުފޫޒުގަދަ މީހުނާއި އަދީބާއި ދެމެދު ބަދަލު ކޮށްފައިވާ ގިނަ ޢަދަދެއްގެ މުޢާމަލާތްތަކެއް ހިމެނެއެވެ.
މި ލީކުވެފައިވާ މެސެޖުތަކަށް އިޝާރާތްކުރަމުން ނަސީމް ވިދާޅުވީ ފައިލު ނުކުތަކަށް ސަލާމަތެއް ނެތް ކަމަށެވެ.
"ވައްކަންކުރުވީ އެމީހުން. ވަގު ލާރިތައް ކެއީ އެމީހުން. ބޮލާފޮށާއެޅި ފަޟީހަތްވަނީ ވެސް އެމީހުން. އެވާހަކަ ދެއްކުން މަނާ ކުރަނީ ވެސް އެމީހުން.. މީވާ ގައުމެއް." ނަސީމް ވިދާޅުވިއެވެ.
ނަސީމް ވިދާޅުވީ ދޮގާ ވައްކަމަކީ މި ގައުމުގެ "ނިއު ނޯމަލް" ކަމަށެވެ. އަދި މިއީ މީހުން ނުބައިވުމުން ކަން ވާ ގޮތް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު