ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ޖީޕީ ކްލިނިކް-
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ޖީޕީ ކްލިނިކް-
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ހުޅުމާލޭ ހޮސްޕިޓަލުގެ ޖެނެރަލް ޕްރެކްޓިސް ކްލިނިކް (ޖީޕީ ކްލިނިކް) އިން 24 ގަޑިއިރު ޚިދުމަތް ދޭން ފަށައިފިއެވެ.

އެންމެ ފުރަތަމަ މި ކްލިނިކު ހިންގަމުންދިޔައީ އެންމެ ޝިފްޓެއްގައި ހިދުމަގް ދޭގޮތަށެވެ. ނަމަވެސް މިދިޔަ އަހަރުގެ އެޕްރިލް 23 ވަނަ ދުވަހުން ފެށިގެން އެ ކްލިނިކުން ވަނީ ދެ ސިޕްޓުގައި ހިދުމަތް ދޭން ފަށާފައެވެ.

މާލެ ގްރޫޕް އޮފް ހޮސްޕޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރެއިން ފެށިގެން އެ ކްލިނިކުން 24 ގަޑިއިރު ޚިދުމަތް ދޭން ފަށާފައިވާކަމަށެވެ.

މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމުގެ މަތިން، ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ފެށި ޚިދުމަތެއް ކަމަށް ޙަލީމް ވިދާޅުވިއެވެ.

ހަލީމް ވިދާޅުވީ ހުކުރު ދުވަސް ފިޔަވައި ހަފުތާގެ ކޮންމެ ދުވަހަކު 24 ގަޑިއިރު އެ ކްލިނިކުން ޚިދުމަތް ދޭނެކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު