ކަޅު ފައިސާ ލިބިގެން ތެންކިޔޫ ކިޔާ މީހުންނަށް އޭރުވެސް އެއީ ކަޅު ފައިސާކަން އެނގޭނެ ކަމަށް ދީނީ ޢިލްމުވެރިޔާ ޝައިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޒައިދު މިހެން ވިދާޅުވެފައިމިވަނީ ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބުގެ ކުރީގެ ފޯނުން ކޮށްފައިވާ ކަމަށް ބުނާ މުޢާމަލާތްތަކެއް މީސްމީޑީއާގައި ލީކު ކޮށްލާފައިވާ ދަނޑިވަޅެއްގައެވެ. އެ މެސެޖުތަކުގައި ގިނަ ޢަދަދެއްގެ މަޢުލޫމާތުތަކެއް ހުރިއިރު އޭގައި އޭރާއި މިހާރުގެ ސިޔާސީ އަދި އެހެނިހެން ނުފޫޒުގަދަ މީހުންނާއި އަދީބާއި ދެމެދު ބަދަލު ކޮށްފައިވާ ގިނަ ޢަދަދެއްގެ މުޢާމަލާތްތަކެއް ހިމެނެއެވެ.
މިކަމާ ގުޅިގެން މިއަދު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޒައިދު ވިދާޅުވީ ކަޅު ފައިސާ ލިބިގެން ޝުކުރު އަދާކުރާއިރު އެއީ ކަޅު ފައިސާކަން ރަނގަޅަށް އެނގޭ ކަމަށެވެ. އެކަން އެނގިހުރެ އެފައިސާގައި ހިފާއިރު ތެދުވެރިކަމާއި އަމާނާތްތެރިކަން ހުންނާނީ ކިހިނެއްތޯ ވިދާޅުވެ ޒައިދު ވަނީ ސުވާލުކުރައްވާފައެވެ.
"ދެން ތެދުވެރިކަމާއި އަމާނާތްތެރިކަން ހުންނާނީ ކިހިނެއް؟! ގައުމެއް ނެތް!" ޒައިދު ވިދާޅުވިއެވެ.
ލީކުވެފައިވާ މެސެޖްތަކުން އެނގޭ ގޮތުގައި ބައެއް ބޭފުޅުން ވަނީ ޢުމްރާގައި ތިއްބަވައިގެންވެސް އަދީބުގެ އަތުން ފައިސާ ހޯއްދަވާފައެވެ. އަދި ސައިކަލު ގަތުމަށާއި، އެޕާޓްމަންޓްގެ ކުލި ދެއްކުމަށާއި، ދަތުރު ދިއުމަށާއި، ކޯޓް ކޭސްތަކަށް ފައިސާ ހޯއްދެވި ކަމަށް ބެލެވޭ މެސެޖްތައްވެސް އޭގެ ތެރޭގައި ހިމެނެއެވެ.
މި މެސެޖުތައް ލީކުވުމާ ގުޅިގެން ސިޔާސީ އެތައް ބަޔަކަށް ވަނީ ތުހުމަތުތައް އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު