ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި، ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް
ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި، ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް
ތިން ޤައުމަކުން ފަލަސްތީނުގެ މިނިވަން ދައުލަތް ބަލައިގަންނަން ނިންމުމުން ދިވެހިރާއްޖެއިން އެކަމަށް މަރުހަބާ ކިޔައިފިއެވެ.

މިކަމާ ގުޅޭގޮތުން ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އިނގިރޭސިވިލާތާއި، ކެނެޑާ އަދި އޮސްޓްރޭލިއާއިން ރަސްމީކޮށް ފަލަސްތީނުގެ ދައުލަތް ބަލައިގަތުމުން އެކަމަށް މަރުހަބާ ކިޔާ ކަމަށެވެ.

އަދި މިއީ މި ސަރަހައްދުގެ ސުލްހައާއި ހަމަޖެހުމަށް ލިބިގެންދިޔަ ކުރިއެރުމެއްކަމަށް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

މިކަމުން ފަލަސްތީނުގެ ރައްޔިތުންނަށް ސުލްހަވެރިކަމާއި އަބުރުވެރިކަމާއެކު ދިރިއުޅުމުގެ ފުރުސަތު ލިބި، ރައްކާތެރިކަން ކަށަވަރުކޮށްދިނުމާމެދު ޤައުމުތަކުގެ މެދުގައި ޚިޔާލު އެއްގޮތްކަން ހާމަވާކަމަށްވެސް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

މިނިސްޓްރީގެ ބަޔާން ނިންމާލާފައިވަނީ މިހާތަނަށް ފަލަސްތީނުގެ ދައުލަތް ބަލައިގަނެފައި ނުވާ ޤައުމުތަކުންވެސް ފަލަސްތީނުގައި މިނިވަން މުސްތަޤިއްލު ދައުލަތެއް ޤާއިމްކުރުމަށް ކުރަމުންދާ މަސައްކަތަށް އެއްބާރުލުންދިނުމަށް ގޮވާލަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް