މިއީ ހުރިހާ ސިޔާސީ ލީޑަރުންނާއި ޕާޓީތައް އެކުވެގެން މަސައްކަތް ކުރަންވީ ވަގުތު ކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މީސް މީޑީއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައި އިމްރާން ވިދާޅުވީ، 2028 ގައި ރައީސް ކަމަށް ވަޑައިގަތުމުގެ ފުރުސަތު ބޮޑީ ކޮން ޕާޓީއަކަށްތޯ އާއި، ކޮން ބޭފުޅަކަށްތޯ ބަލަން ނުތިބެ ހުރިހާ ސިޔާސީ ލީޑަރުންނާއި ސިޔާސީ ޕާޓީތައް އެކުވެގެން މަސައްކަތް ކުރަންވީ ވަގުތު މިއޮތީ ޖެހިފައި ކަމަށެވެ.
އެގޮތުން ލީޑަރުން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ފެންނަ ބައެއް ސަބަބުތައް އިމްރާން ވަނީ މީސްމީޑިއާގައި ޙިއްސާ ކުރަށްވާފައެވެ.
"ދިވެހި ވިޔަފާރިވެރިންގެ ވިޔަފާރިތައް ފުނޑެން ނޭދޭނަމަ، ރައްޔިތުން ތަދުމަޑުކަމެއްގެ ތެރެއަށް ވެއްޓެން ނޭދޭނަމަ، ދިވެހި ދައުލަތް ހިންގުމަށް ގިނަ ރައްޔިތުންތަކެއް ގުރުބާންވެގެން އެކަށައަޅާފައިވާ ހަރުދަނާ ނިޒާމު ޚަރާބުކޮށް ސުންނާފަތި ކުރަން ނޭދޭނަމަ، އަދި ދިވެހި ރައްޔިތުންނަށް އާ ސަންދައިން ބޭސްފަރުވާ ކުރެވެން އެދޭނަމަ، މެދުނުކެނޑި ކަރަންޓުގެ ޚިދުމަތް ރައްޔިތުންނަށް ލިބުމަށް އެދޭނަމަ، ފަސޭހަކަމާއެކު ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވާން އެދޭނަމަ." އިމްރާން ފާހަގަ ކުރެއްވި ސަބަބުތަކުގެ ތެރޭގައި ހިމެނެއެވެ.
އޭގެއިތުރުން މިވަގުތު މި ސަރުކާރު ހަމަ މަގަށް ނާޅުވައިފިނަމަ 2028 ގައި އިންތިޚާބެއް ނޯންނާނެކަން ގިނަބަޔަކު ގަބޫލުކުރާ ކަމަށްވެސް އިމްރާން ވިދާޅުވެފައިވެއެވެ.
އިމްރާން މިހެން ވިދާޅުވެފައިވާއިރު، ސަރުކާރު ހަމަމަގުން ކައްސާލައިފި ކަމަށާއި، ކޮންމެ ޕާޓީއަކާއެކުވެސް ޢަދާލަތަށް މަސައްކަތް ކުރެވޭނެ ކަމަށް އިމްރާން މީގެ ކުރިން ވިދާޅުވެފައިވެއެވެ.
އިމްރާން އެގޮތަށް ވިދާޅުވީ، ޕީއެންސީގެ ސަރުކާރު ޒިންމާދާރު ކުރުވައި ޖަވާބުދާރީ ކުރުވަން އިދިކޮޅު ހުރިހާ ސިޔާސީ ޕާޓީތައް އެކުގައި މަސައްކަތް ކުރުމަށް ރައީސް ޔާމީން ދަޢުވަތު ދެއްވުމާ ގުޅިގެންނެވެ.
އިމްރާން އިސްކޮށް ހުންނަވާ އަދާލަތު ޕާޓީއަކީ 2015 އަހަރުން ފެށިގެން ރައީސް ޞާލިޙްގެ ވެރިކަން 2023 ގައި ނިމުމާ ހަމައަށް އެމްޑީޕީއާއެކު ސިޔާސީ މަސައްކަތް ކޮށްފައިވާ ޕާޓީއެކެވެ.

ދިވެހި ވިޔަފާރިވެރިންގެ ވިޔަފާރިތައް ފުނޑެން ނޭދޭނަމަ،ރައްޔިތުން ތަދުމަޑުކަމެއްގެތެރެއަށް ވެއްޓެން ނޭދޭނަމަ،ދިވެހިދައުލަތް ހިންގުމަށް ގިނަރައްޔިތުންތަކެއް ގުރުބާންވެގެން އެކަށައަޅާފައިވާ ހަރުދަނާ ނިޒާމު ޚަރާބުކޮށް ސުންނާފަތިކުރަންނޭދޭނަމަ…..
— Imran Abdulla (@ShimranAb) September 23, 2025
އަދި ދިވެހި ރައްޔިތުންނަށް އާ…
އިމްރާން މިހެން ވިދާޅުވެފައިވާއިރު، ސަރުކާރު ހަމަމަގުން ކައްސާލައިފި ކަމަށާއި، ކޮންމެ ޕާޓީއަކާއެކުވެސް ޢަދާލަތަށް މަސައްކަތް ކުރެވޭނެ ކަމަށް އިމްރާން މީގެ ކުރިން ވިދާޅުވެފައިވެއެވެ.
އިމްރާން އެގޮތަށް ވިދާޅުވީ، ޕީއެންސީގެ ސަރުކާރު ޒިންމާދާރު ކުރުވައި ޖަވާބުދާރީ ކުރުވަން އިދިކޮޅު ހުރިހާ ސިޔާސީ ޕާޓީތައް އެކުގައި މަސައްކަތް ކުރުމަށް ރައީސް ޔާމީން ދަޢުވަތު ދެއްވުމާ ގުޅިގެންނެވެ.
އިމްރާން އިސްކޮށް ހުންނަވާ އަދާލަތު ޕާޓީއަކީ 2015 އަހަރުން ފެށިގެން ރައީސް ޞާލިޙްގެ ވެރިކަން 2023 ގައި ނިމުމާ ހަމައަށް އެމްޑީޕީއާއެކު ސިޔާސީ މަސައްކަތް ކޮށްފައިވާ ޕާޓީއެކެވެ.
ކިޔުންތެރިންގެ ހިޔާލު